އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން 2024 ޖެނުއަރީ 11 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، މުހައްމަދު އީމާން އެވެ.

އެސްޓީއޯއިން ބުނީ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެކަމަށެވެ. އަދި މިޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ ފަސް ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފއިވެއެވެ.

އެސްޓީއޯގެ މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭ އިރު ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން