---ސަފީނާ ނަމުކްވާޔާ
---ސަފީނާ ނަމުކްވާޔާ
70 އަހަރުގެ ޔުގާންޑާ އަންހެނަކު އެއްމާބަނޑު ދެކުދިން ވިހާފައިވާކަމަށް އޭނާގެ ޑޮކްޓަރު ބުނެފިއެވެ.

ޔުގާންޑާގެ ވެރިރަށް ކަމްޕާލާގެ ހޮސްޕިޓަލެއްގައި ބުދަ ދުވަހު ވިހޭ ސަފީނާ ނަމުކްވާޔާ ނަމަކަށް ކިޔާ މި އަންހެންމީހާވަނީ އޭނާގެ ދެކުދީންނަކީ “މިރަކްލް” އެއްކަމަށް ބުނެ އުފާ ފާޅުކޮށް ވާހަކަދައްކާފައެވެ. ނަމުކްވާޔާ މާބަނޑުވެފައިވަނީ ހަމަ އެ ހޮސްޕިޓަލުގައި މާބަނޑުވުމަށް ފަރުވާ ހޯދުމަށްފަހުގައެވެ.

ވިމެންސް ހޮސްޕިޓަލް އިންޓަރނޭޝަނަލް އެންޑް ފާޓިލިޓީ ސެންޓަރގެ ފާޓިލިޓީ ސްޕެޝަލިސްޓެއްކަމަށްވާ ޑރ. އެޑްވާޑް ޓަމާލޭ ސާލީ އާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަމުކްވާޔާ މާބަނޑުވެފައިވަނީ އެހެން އަންހެނެއްްގެ ބިހަކާ އޭނާގެ ބައިވެރިޔާގެ ދަރިފަނި ބޭނުންކޮށްގެން އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށެވެ.

"މިއީ ހޯދުނު ވަރަށް ބޮޑު ކާމޮޔާބީއެއް. އެއްމާބަނޑު ދެކުދިން ވިހައިގެން އުމުރުން 70 އަހަރުގައި އޭނާ ވެގެން އެދިޔައީ އެފްރިކާގެ އުމުރުން އެންމެ ދޮށި މަންމައަށް.“ ޑރ. ސާލީ ވިދާޅުވިއެވެ.

ނަމުކްވާޔާ ވިހާފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ނަމުކްވާޔާ މިދެކުދިން ވިހާފައިވަނީ ދުވަސްނުފުރާ ބަނޑަށް 31 ހަފްތާގައެވެ. އަދި މި ދެކުދީންގެ ހާލުވެސް ރަނގަޅުކަމަށް ޑރ. ސާލީ މައުލޫމާތު ދެއްވާފައިވެއެވެ.

ޔުގާންޑާގެ ނޫހަކަށް ނަމުކްވާޔާ ކިޔައިދިން ގޮތުގައި އޭނާ ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށްކަން އެނގުނު ހިސާބުން އޭނާގެ ބައިވެރިޔާ އޭނާ ދޫކޮށް ހިނގައްޖެއެވެ.

އޭނާ ބުނީ، ދަރިން ނުލިބޭތީ މީހުންގެ މަލާމާތް އަބަދުވެސް އޭނާއަށް ލިބެމުން ދިޔަ ކަމަށާއި، ދަރީން ހޯދަން ބޭނުންވީ އެހެންވެގެން ކަމަށެވެ. މިއީ ފާއިތުވެދިޔަ 3 އަހަރު ދުވަސްތެރޭގައި ނަމުކްވާޔާ މާބަނޑުވި ދެވަނަ ފަހަރެވެ. އޭނާ ވަނީ 2020 ވަނަ އަހަރު އަންހެން ކުއްޖެއް ވިހާފައެވެ.

އައިވީއެފްއަކީ ގުދުރަތީގޮތުން މާބަނޑު ނުވެވޭ މީހުން މާބަނޑުވުމަށް ބޭނުންކުރާ ޕްރޮސީޖަރ ތަކުގެ ތެރެއިން އެއް ޕްރޮސީޖަރއެވެ. އައިވީއެފްގައި، ބިސް ޑޮނަރ ކުރުމަށް ތައްޔާރަށް ނުވަތަ އެއްބަސްވެފައިވާ އަންހެނެއްގެ ހަށިގަނޑުން ދުވަސް ފުރިފައިވާ ބިހެއް ނަގައި، ލެބޯރެޓްރީއެއްގައި އެބިހަށް ދަރިމައިވުމަށް އެދޭ އަންހެންމީހާގެ ބައިވެރިޔާގެ ދަރިފަނި ލައްވަނީއެވެ. މިގޮތަށް ފާޓިލައިޒްކޮށްފައިވާ ބިހަށް ކިޔަނީ އެމްބްރިޔޯއެވެ. ދެން މި އެމްބްރިޔޯ މާބަނޑުވަަން އެދޭ އަންހެނާގެ ރަހިމުގެ ތެރެއަށް ލައްވަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން