އާޒިމް (މ). ކެމްޕޭނުގައި ދޮރުންދޮރަށް ހިންގަވަނީ
އާޒިމް (މ). ކެމްޕޭނުގައި ދޮރުންދޮރަށް ހިންގަވަނީ
މާލޭސިޓީ މޭޔަރ އެމްޑީޕީގެ ޓިކެޓު ޕްރައިމަރީއަކާނުލައި އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ކަށަވަރު ކުރަށްވައިފިއެވެ.

މާލޭސިޓީ މޭޔަރ އެމްޑީޕީގެ ޓިކެޓް އާޒިމަށް ކަށަވަރުވީ އިއްޔެ ހަވީރު 4 ގެ ނިޔަލަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް އެދި އޭނާ އެކަނި ކުރިމަތި ލެއްވުމުންނެވެ. އެ މަޤާމަށް މީގެކުރިން ޝައުޤުވެރިކަން ފާޅުކުރެއްވި ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް ފޯމު ހުށައަޅުއްވާފައި ނުވެއެވެ.

އާޒިމް މިހާރުވަނީ މާލޭސިޓީ މޭޔަރު ކެމްޕޭނުގައި ދޮރުންދޮރަށް ހިންގަވަންވެސް ފަށްޓަވާފައެވެ.



އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވުމަށްފަހު އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ މިިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް މާލެ ގެންދިއުމަށް ޓަކައި ކަމަށެވެ.

އާޒިމް ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލައްވަނީ މާލެ ހިތްފަސޭހަ ތަނަކަށް ބަދަލުކުރުމުގެ ޕްލޭނަކާއެކު ކަމަށެވެ. އޭގެ އިތުރުން މޭޔަރުކަމުގެ މަޤާމުގައި ލިބިވަޑައިގަންނަވާ ކުރު މުއްދަތުގައި ތަންފީޒު ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި މިމަހުގެ 17 ވަނަ ދުވަހު ހަވާލުވަޑައިގަތުމާއި ގުޅިގެންނެެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ބާއްވަން އީސީން ވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން