ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ސެނެޓް މެމްބަރު އަބުދު ﷲ އިބްރާހިމް އެޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ޕީޕަލް ނޭޝަނަލް ކޮންގުރެސްގެ ރައީސް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީއެއްގައި ޕީއެންސީގެ ސެނެޓް މެމްބަރު އަބުދުﷲ އިބްރާހިމް ވިދާޅުވީ ފެންނަމުންދަނީ ރައީސް ޔާމިންގެ އަތްޕުޅުން ޕީޕީއެމް ފޭރިގަނެ ވަކި މީހެއްގެ އަތްދަށައް ޕާޓީ ގެނެސް ކަންކަން ކުރަމުންދާ ތަން ކަމަށެވެ. އަދި އެ ޕާޓީގައި މިވަގުތު ހުރުމަކީ ރަައީސް ޔާމިން ގަބޫލު ކުރައްވާ ސިޔާސަތުތަކުގެ ރޫޙާ ހިލާފުކަމެއް ކަމަށް ވާތީ ސެނެޓް މެމްބަރުންކަމުންނާއި ޕާޓީގެ މެމްބަރު ކަމުން ވަކިވެވަޑައިގަންނަވާ ކަމަށް އެ ސިޓީގައިވެއެވެ.

ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވެސް ދާދިފަހުން ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ. ހިސްޓޯ ރޭ ރައީސް ޔާމިން އަލަށް އުފައްދަވާ ޕީޕަލް ނެޝަނަލް ފްރަންޓަށް ވަނި ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން