---ފޮޓޯ: ބީބީސީ ގުޑް ފުޑް
---ފޮޓޯ: ބީބީސީ ގުޑް ފުޑް
މީލް ޕްރެޕް ކުރުމަކީ ކުރިއަށް ކެޔުންތައް ތައްޔާރުކޮށްފައި ބެހެއްޓުމެވެ. މިގޮތަށް ގިނަ މީހުން ތައްޔާރުކޮށް އުޅެނީ ހަފްތާއަކަށްވާ ކާއެއްޗެއްސެވެ. ބައެއް މީހުން މަސްދުވަހަށްވާ ކާނާވެސް ތައްޔާރުކޮށް އުޅެއެވެ. ކާބޯތަކެތި ތައްޔާރުކުރުމަށްފަހު، ހަލާކުނުވެ ފްރިޖުގެ އާދައިގެ ފިނިމިނުގައި ހުންނާނީ ހަތަރު ދުވަސް ނުވަތަ ފަސްދުވަސް ވާންދެނެވެ. އެހެން ނަމަވެސް، ގަނޑުކޮށްފިނަމަ ކައްކާފައި ހުންނަ ކާބޯތަކެތި ހަލާކުނުވެ ހަ މަސްދުވަސް ވާންދެންވެސް ހުރެއެވެ.

އެކަނި އެކަކަށް ކައްކާ މީހަކުވެސް ދުވަހުގެ އެއްގަޑިއިރު ކެއްކުމަށް ހޭދަކުރާއިރު، އާއިލާއަކަށް ކައްކާ މީހަކު ދުވަހުގެ ދެގަޑިއިރު ކެއްކުމަށް ހޭދަކުރެއެވެ. އޭގެ ބަދަލުގައި، ހަފްތާގެ އެއްދުވަސް ނުވަތަ މަހެއްގެ އެއްދުވަސް ކާއެއްޗެހި ތައްޔާރުކުރުމަށް ހޭދަކޮށްގެން، ކުރިއަށް އޮތް ދުވަސްތަކުގައި ކެއްކުމާއި، ކައްކަން ބޭނުންކުރި ތެއްޔާއި ތަށިފަދަ ކަންވާރުތައް ދޮވުމަށް ހޭދަކުރާ ވަގުތު ސަލާމަތްކުރެވެއެވެ. އަދި ކޮންމެ ދުވަހަކު ކައްކާނެ އެއްޗެއް ވިސްނުމަށް ހޭދަކުރާ ވަގުތުވެސް ސަލާމަތް ކުރެވެއެވެ.

މީގެއިތުރުން، ގިނައިން އެއްފަހަރާ މީލްޕްރެޕް ކުރަން ބޭނުންވާ ތަކެތި ގަތުމުން ކުޑައަގެއްގައި ބާޒާރުން ލިބެން ހުރެއެވެ. ގިނަ ދުވަހު ބޭނުންނުކޮށް ހުރުމުން ހަލާކުވެގެން އުކާލަންޖެހޭ ތަރުކާރީ ފަދަ ތަކެތި އެއްފަހަރާ ބޭނުންކުރެވޭތީ އިސްރާފުވުމުންވެސް ސަލާމަތްކުރެވޭއިރު، އަބަދުވެސް ކާއެއްޗެހި ތައްޔާރުކޮށްފައި ހުރުމުން ވަރުބަލިވާ ދުވަސްތަކުގައި ބޭރުން އެއްޗެއް އޯޑަރުކޮށްގެން ގެނައުމަށް ހަރަދުކުރާ ފައިސާވެސް ސަލާމަތްވީއެވެ.

ހަމައެއާއެކު، މީލްޕްރެޕްކުރަން ހޭދަވަނީ އެންމެ ދުވަހެއްކަމުން، މަދު ކަރަންޓާއި ފެން ބޭނުންކޮށްގެން ގިނަ ދުވަހުގެ ކޮއްތުވެސް ހަމަޖެއްސުނީއެވެ. އެ ހަފްތާގައި އަވަނާއި، އުނދުންފަދަ ތަކެތި ގިނަގިނައިން ބޭނުންކުރަން ނުޖެހުމުންނާއި، ތަށި ދޮވުމަށް ގިނަގިނައިން ފެން ބޭނުންކުރަން ވެސް ނުޖެހުމުން ކެޔުމުގެ ހަރަދުގެ އިތުރުން، ކަރަންޓު ބިލާއި ފެންބިލުންވެސް އެކްނ ފެންނާނެއެވެ.

މީލްޕްރެޕަކީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ގިނަ ބަޔަކު އެމީހުންގެ ކިބައިގައި އަށަގަންނަވަމުން އަންނަ އާދައެކެވެ. ބަރުދަން ލުއިކުރުމަށްޓަކައި، ނުވަތަ އެހެންވެސް ސިއްހީ ބޭނުމަކަށްޓަކައި ކެޔުން ކޮންޓްރޯލްކުރަން ޖެހޭ މީހުނަށް މީލް ޕްރެޕްކުރުމުން އެކަން ކުރަން ފަސޭހަވެގެންދާނެއެވެ. ކޮންމެ ވަގުތަކަށް ވާވަރަށް ތަށްޓަށް އަޅައި ބަންދުކޮށްފައި ހުރުމުން، ގިނައިން އެއްފަހަރާ ކެއުމުން ދުރުވެ، ޕޯޝަން ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ކާނާއަށްވުމުން، ކެވެނީ ކޮން އެއްޗެއްކަމާއި، ކިހާ މިންވަރަކަށްކަން ދެނެގަނެވޭއިރު،

މީލްޕްރެޕްކުރުމުގައިވެސް އިސްރާފުކުރެވޭ މިންވަރު މަދުކުރުމަށް އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. ކެއްކުމަށް ބޭނުންވާ ތަކެތި ގަންނަންވާނީ ހުސްކުރެވޭ ވަރަށެވެ. ފިހާރައަށް ދިޔުމުގެ ކުރީން ބަދިގޭގައި ހުރީ އަދި ނެތީ ކޮން އެއްޗެއްތޯ ބަލައި ނޯޓުކުރާށެވެ. ކައްކާނީ ކޮންއެއްޗެއްސެއްކަން ވިސްނައި، އެކި ދުވަސްތަކުގައި ކާނެގޮތް ރާވާށެވެ. ވަކިއެއްޗެއް ނެތިގެން ނުވަތަ ވަކި ގޮތަކަށް ކެއްކުމަށް ވިސްނުމުގެ ބަދަލުގައި، ބާޒާރުގައި އަގުހެޔޮކޮށް އަދި ފަސޭހައިން ލިބެން ހުރީ ކޮން އެއްޗެއްތޯ ބަލައި، އެއަށް ވިސްނައިގެން ކާނާ ތައްޔާރުކުރާށެވެ. އަގު ހެޔޮ، އަދި ގިނަގިނައިން ބޭނުންކުރެވޭ އިންގްރީޑިއެންޓްތައް ގަންނާށެވެ. އަދި ގިނަ ގިނައިން ބޭނުންވެސް ކުރާށެވެ. ގަނޑުކޮށްފައިހުންނަ މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން