އަހުމަދު ޔާމިން   23 ޖުލައި 2020 - 14:45
ގްރީން ވުޑް - އޭނާ ވަނީ ލީގުގައި 17 ލަނޑު ޖަހާފައި.
ގްރީން ވުޑް - އޭނާ ވަނީ ލީގުގައި 17 ލަނޑު ޖަހާފައި.
އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމް އާއި ބައްދަލުކުރި މެޗު އެއްވަރުވެ ޔުނައިޓަޑް ތާވަލްގެ ތިން ވަނައަށް ޖެހިލައިފިއެވެ.

މި މެޗު އެއްވަރު ވުމާއި އެކު ޔުނައިޓަޑުން އަންނަ ސީޒަންގައި ޗެންޕިއަންސް ލީގުން ޖާގަ ކަށަވަރު ކުރުމަށް ވަނީ ފުރުސަތު ބޮޑުކޮށްފައެވެ. ލީގުގެ ފަހު މެޗު ޔުނައިޓެޑުން ލެސްޓާ އާއި ދެކޮޅަށް ކުޅޭ އިރު ބަލިނުވެ ފަރުޖައްސާލައިގެން ޔުނައިޓަޑަށް ޖާގަ ކަށަވަރު ވާނެއެވެ. ނަމަވެސް ލެސްޓާ މި މެޗުން 3 ޕޮއިންޓް ހޯދައިގެން އެ ޓީމަށްވެސް ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު އެބަ އޮތެވެ.

ރޭ މެންޗެސްޓާ ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ވެސްޓް ހަމް ކުރީގައި އޮވެގެންނެވެ. މި ލަނޑަކީ މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އެއްގައި ވެސްޓް ހަމްގެ މިކައިލް އެންޓޮނިއޯ ކާމިޔާބު ކުރި ލަނޑެކެވެ.

ވާދަވެރި ކުޅުމެއް މި މެޗުން ފެނިގެން ދިޔަ އިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގެ 51 ވަނަ މިނެޓްގައި މާޓިއަލްގެ އެހީތެރި ކަމާއި އެކު މޭސޮން ގްޜީންވޫޑް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑާއި އެކު 18 އަހަރުގެ ގްރީން ވުޑް ވަނީ އޭނާގެ 17 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

37 މެޗުން ލިބުނު 63 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ތާވަލްގެ ތިން ވަނަ ލިބެނީ ޗެލްސީއަށްވުރެ އިތުރަށް ފައިދާ ގޯލް ލިބިގެންނެވެ. ފަސްވަނާގައި ލެސްޓާ ސިޓީ އޮތީ 37 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން