ވިލާ ކޮލެޖްގެ 8 ވަނަ އިންޓަނޭޝަނަލް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް (އައިސީއާރްއައިސީ) އަންނަ އަހަރުގެ ޖޫންގައި ބާއްވާނެ ކަމަށް އެކޮލެޖުން ބުނެފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 8 އަދި 9 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމާއި، އިޖުތިމާޢީ ހަމަހަމަކަމާއި، ޒިންމާދާރުކަމާއެކު ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ސަމާލުކަންދިނުމާއި ޢިލްމީ ދާއިރާއާއި، ސިނާޢަތްތަކާއި، މަދަނީ ޖަމިއްޔާތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކޮންފަރެންސްގެ ޝިއާރަަކަށް ކަނޑައަޅާފައިވަނީ "އިނޮވޭޝަންސް ފޯ ސަސްޓެއިނަބިލިޓީ: ފޯޖިންގ ދަ ޕާތް އެހެޑް" އެވެ.

އައިސީއެސްއާރުއައި 2024 ގައި ކީނޯޓް ސްޕީކަރުންގެ ފަރާތުން ބައިވެރިންނަށް ޢިލްމީ ބަހުސްކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެއެވެ. ދިވެހި އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އިސްކޮށް ތިބެގެން ބާއްވާ ޕެނަލް ޑިސްކަޝަންތަކަކީ ވެސް މި ކޮންފަރެންސްގެ ބައެކެވެ.

ވިލާ ކޮލެޖުގެ އައިއާރުއައިގެ ޑެޕިއުޓީ ޑީން، ޑރ ފަޒީލާ އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި ދިރާސާކުރާ ފަރާތްތަކަށް ފިޒިކަލީ ނުވަތަ އޮންލައިންކޮށް ކަރުދާސް ހުށަހެޅޭނެއެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ބައިވެރިންނަށް އެއިން ކޮންމެ މޯޑެއްގައި ވެސް ބައިވެރިވެވޭނެއެވެ. ހުރިހާ އިވެންޓެއް ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރާއިރު، ބައެއް އިވެންޓްތައް ކޮންފަރެންސްގެ ބްރޯޑްކާސްޓިން ޕާޓްނަރު މެދުވެރިކޮށް ޓީވީން ދައްކާނެއެވެ. މި ކޮންފަރެންސްގައި، ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހަ ޕްރެޒެންޓޭޝަނެއް ހޮވާލެވޭނެއެވެ.

އެބްސްޓްރެކްޓް ހުށަހެޅުމުގެ މަރުހަލާ 2024 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޮންފަރެންސްގެ ވެބްސައިޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2024 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ކޮންފަރެންސްއާއި ބެހޭ އިތުރު މަޢުލޫމާތު، https://icsri.villacollege.edu.mv/ އިން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން