އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ މަރްހޫމް އަނބިކަނބަލުން ޕްރިންސަސް ޑަޔާނާގެ އެންގޭޖްމަންޓް ފޮޓޯ ނެންގެވުމަށް ތުރުކުރެއްވި ޓޮޕް ނީލަމަށް ހުށަހަޅައިފިއެވެ.

ފިޔާތޮށި ކުލައިގެ މި ހެދުމަކީ ޑޭވިޑް އަދި އެލިޒަބެތް އިމެނުއެލް 1981 ވަނަ އަހަރުގައި ފަރުމާކުރި ހެދުމެކެވެ. މި ދެ ޑިޒައިނަރުން ވަނީ ޑަޔާނާއާއި ޗާލްސްގެ ކައިވެންޏަށް ޑަޔާނާ ތުރުކުރެއްވި ހެދުންވެސް ފަރުމާކޮށްފައެވެ.

މި ހެދުން ނީލަމަށް ލާފައިވަނީ ޖޫލީސް އޯކްޝަންސްއިންނެވެ. އޭގެ އަގަކަށް ކަނޑައަޅާފައިވަނީ 80،000 އާއި 100،000 ޑޮލަރާއި ދެމެދުގެ އަދަދެކެވެ. 2019 ވަނަ އަހަރު މި ހެދުން ވަނީ ކެންސިންގްޓަން ޕެލެސްގައި ބޭއްވި "ޑަޔާނާ: ހާރ ފެޝަން ސްޓޯރީ"ގެ ނަމުގައި ބޭއްވި މައުރަޒުގައި ދައްކާލާފައެވެ.

ނިމިދިޔަ މަހުގައި ނީލަމަށް ކިޔާފައިވާ ޑަޔާނާގެ ޓޮޕެއްވެސް ވަނީ ރިކޯޑް އަދަދަކަށް ވިކިފައެވެ. އެއީ 1.1 މިލިއަން ޑޮލަރަށެވެ. އެ ޓޮޕް ވިކޭނެ ކަމަށް ލަފާކުރެވުނު އަގަކީ 50،000 ޑޮލަރާއި 80،000 ޑޮލަރާއި ދެމެދުގެ އަގެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން