މައިންނަކީ ބަފައިންނަށްވުރެ ބޮޑަށް ތިން ގުނަ އިތުރަށް އިޚުތިރާމް ޙައްޤުވާ ބައެކެވެ. އެހެން ނަމަވެސް، މި ޒަމާނުގައި ދަރިން ބޮޑުވުމަށްފަހު މަންމައަށް ކަމޭހިތުމުގައި ފަރުވާކުޑަވާ ވާހަކަ މިއީ ހިތާމަހުރި ވާހަކައެކެެވެ. އެހެން ނަމަވެސް، ބޮލީވުޑްގެ މަޝްހޫރު ތަރި ކާތިކް އާރްޔަން ވަނީ މަންމަ ދެކެ ލޯބިވާ މިންވަރާއި އަދިވެސް މަންމައަށް ބަރޯސާވާ މިންވަރު ހާމަކޮށްދީފައެވެ.

އުމުރުން 33 އަހަރުގެ ކާތިކްއަކީ މިއަދު ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ހިމެނޭ އެއް ތަރިއެވެ. ހެއްވާ މަޖާ ރޯލްތަކުން ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ކާތިކް އެނާގެ މަންމަ، މާލާ ތިވާރީއަށް ގަދަރުކުރުމުގައި އެހެން މީހުންނަށްވުރެ ކުރީގައި އުޅޭކަން ހާމަކުރުމުން އޭނާގެ މަގްބޫލުކަން އިތުރުވިއެވެ.

ބޮލީވުޑުން އޭނާއަށް ލިބެމުންދާ ބޮޑު މުސާރަ ޖަމާކުރާ ބޭންކް އެކައުންޓްތަކުގެ ހުރިހާ ހިސާބު ބަލަހައްޓަނީ ކާތިކްގެ މަންމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ބުނިގޮތުންނަމަ، އޭނާގެ މަންމަ ކޮންމެ މަހަކުވެސް އޭނާގެ މުސާރައިން ވަކި ވަރެއް ނުވަތަ 'އެލަވަންސް'އެއް އޭނާއަށް ދިީއުޅެއެވެ. ކާތިކް ބުނީ އޭނާގެ ބޭންކް އެކައުންޓްގައި ހުރި ބެލެންސްވެސް އޭނާއަށް ނޭނގޭ ކަމަށާއި އޭނާގެ މާލީ ކަންތައްތައް ބަލަހައްޓަނީ މުޅިންވެސް އޭނާގެ މަންމަ ކަމަށެވެ.

މީގެ ކުރީގައި އޭނާއަށް ލިބޭ އާމްދަނީއާއި ބައްދަލުނުވާ ވަރަށް ޚަރަދު ކުރެވުނު ކަމަށް ކާތިކް ބުނެފައި ވެއެވެ. އެހެންކަމުން، އޭނާގެ މަންމަ އޭނާއަށް ލިބޭ އާމްދަނީއާއި ހަވާލުވާން ފެށީ ކަމަށް ކާތިކް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން