އާޖެންޓީނާއަށް ނިމިދިޔަ އަހަރުގެ ވޯލްޑް ކަޕް ތަށި ހޯދައިދިން ކޯޗް ލަޔޮނަލް ސްކަލޯނީ އިސްތިއުފާ ދޭން އުޅޭ ކަމުގެ ވާހަކަ ފެތުރެން ފަށައިފިއެވެ.

ސްކަލޯނީ އިސްތިއުފާ ދޭން ވިސްނާ ކަމަށް ބުނީ ދާދި ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗްއެއްގައި އާޖެންޓީނާ މޮޅުވި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުންނެވެ. އޭނާގެ އިރުޝާދާއިއެކު، 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގގައި ސައުތް އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އާޖެންޓީނާ މިވަގުތު އޮތީ އެހެން ޤައުމުތަކަށްވުރެ ކުރީގައެވެ.

އުމުރުން 45 އަހަރުގެ ސްކަލޯނީ ބުނީ ޓީމަށް އިރުޝާދު ދިނުމުގައި އޭނާއަށް ޕްރެޝަރވާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އެހެންކަމުން، އާޖެންޓީނާ ޤައުމީ ޓީމަށް ބޭނުންވާ ބުންވަރު ހުރި ރަނގަޅު ކޯޗެއް ހޯދުމާއި ގުޅޭގޮތުން އެޤައުމުގެ ފުޓްބޯޅައާއި ބެހޭ އިދާރާއާއި ވާހަކަދައްކަވަމުން ދާ ކަމަށް ސްކަލޯނީ ބުނެފަވެއެވެ.



ސްކަލޯނީ ވިސްނަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް ހުއްޓަސް އިސްތިއުފާ ދިނުމާއި ގުޅޭ ގޮތުން ވަކި ސީދާ އެއްޗެއް ބުނެފައިނުވާކަމަށް އާޖެންޓީނާ ގައުމީ ޓީމްގެ ޑިފެންޑަރ ކްރިސްޓިއަން ރޮމެރޯ ބުނެފައި ވެއެވެ.

"ސްކަލޯނީ މަޑުކުރާނެކަން އަހަރެމެންނަށް ޔަގީން. ޑްރެސިންގ ރޫމް ތެރޭގައި ވަކި އެއްޗެކޭ ބުނެފަ ނުވޭ. މިހާރު އޭނާއަށް (މިކަމާއި ދޭތެރޭ) ވިސްނަން ވަރަށް ބައިވަރު ވަގުތު ލިބިފަ ވަނީ. އޭނާ ރުއްސަން އަހަރެމެން މަސައްކަތްކުރާނަން." ރޮމެރޯ ބުނެފަވެއެވެ.

ސްކަލޯނީ އާޖެންޓީނާގެ ޤައުމީ ޓީމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު، އޭނާ ވަނީ 2021 ވަނަ އަހަރުގައި ޓީމަށް ކޮޕާ އެމެރިކާގެ ތަށި މިލްކުކޮށްދިނުމުގައި އެހީތެރިވެދީފައެވެ. މިއީ 1993 ގެ ފަހުން އާޖެންޓީނާއަށް ކޮޕާ އެމެރިކާގެ ތަށި ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން