އަރަބި ހުރިހާ ޤައުމުތަކުން އިޒްރޭލާއި ގުޅުން ބާއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޔޫރަޕްގެ ޤައުމުތަކާއި ގާތް ގުޅުމެއް ބާއްވާ ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަމާސް ޖަމާއަތަކީ ހުޅަނގުގެ ބައެއް ޤައުމުތަކުން ނިރުބަވެރިންގެ ގޮތުގައި ލިސްޓްކޮށްފައިވާ ޖަމާއަތެކެވެ. އިޒްރޭލުން ހިންގަމުންދާ އިސްތިއުމާރުކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހަމާސްއިން ކުރަމުންދާ މަސައްކަތްތަކަށް ނަޝީދު ވަނީ ތައުރީފުކުރައްވާފައެވެ. އަދި އެފަދަ ޖަމާއަތެއް ބާކީކުރަން ދުނިޔެއިން ކުރަމުންދާ މަސައްކަތް ގޯސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ އަހަރުތަކެއް ފަހުން އަަޅުގަނޑުމެންނަށް ފެނުނީ އިޒްރޭލުގެ ޑިފެންސް ފޫއަޅުވާލާފައި ހަމާސް އަނެއްކާ ވެސް އިޒްރޭލަށް ފޭބިތަން. އޭގެ ތިން އަހަރު ކުރީގައި މުޅި ދުނިޔެ ގެންދިޔައީ ހަމާސް ބާކީ ކުރަމުން. އަރަބި ހުރިހާ ގައުމަކާ އިޒްރޭލާ ގުޅުން އުފައްދަމުން، މަގުސަދަކަށްވީ ހަމާސް ބާކީ ކުރުން، އިއްޒަތްތެރި ރައީސް އެއީ ބޮޑު ގޯހެއް." ނަޝީދު ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ދުނިޔޭގެ ގިނަ ބަޔަކު ކުރަމުންދާ އިހުތިޖާޖުތަކަށް އިޝާރާތްކުރައްވާ، ނަޝީދު ވިދާޅުވީ ހަމާސްއަކީ ނައްތާނުލެވޭނެ ޖަމާއަތެއްކަން މުޅި ދުނިޔެއަށް ދައްކުވައިދެމުންދާ ކަމަށެވެ. އަދި މިއީ އިންސާނިއްޔަތަށްޓަކައި އެންމެންވެސް ކުރަންޖެހޭ ޖިހާދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ފަލަސްތީނަށް ނަސްރު ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ނަޝީދު ފަލަސްތީނާއި އެއްކޮޅަށް މިއަދު ވާހަކަދައްކާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ވެރިކަން ކުރެއްވި ދުވަސްވަރުގައި އިޒްރޭލާއިއެކީ ގުޅުން ބާއްވަން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވަނީ މަސައްކަތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު