ސައުދީ ޕްރޯ ލީގުގެ އެންމެ ފަހު ޗެމްޕިއަން އަލް-އިއްތިހާދުގެ އާ ހެޑް ކޯޗަކަށް އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ މާސެލޯ ގަލާޑޯ ހަމަޖައްސައިފިއެވެ.

އުމުރުން 47 އަހަރުގެ ކުރީގެ މިޑްފީލްޑަރު، ގަލާޑޯ އަލް-އިއްތިހާދަށް ގެނެވުނީ ކުރީގެ ޓޮޓެންހަމް އަދި ވޮލްވަހެމްޕްޓަންގައި މަސައްކަތްކުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ ހެޑް ކޯޗްގެ މަޤާމުން ވަކިކުރުމަށްފަހުއެވެ. ނޫނޯ މި މަޤާމުން ވަކިކުރީ އަލް-އިއްތިހާދަށް ޖެހިޖެހިގެން ލިބުނު ނާކާމިޔާބީތަކާއި ގުޅިގެންނެވެ. އަލް-އިއްތިހާދާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބްގައި 5 އަހަރު ވަންދެން ގަލާޑޯ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހަމަޖެހިފަވެއެވެ.

ގަލާޑޯ އެންމެ ފަހުން އާޖެންޓީނާގެ ރިވަރ ޕްލޭޓަށް އިރުޝާދުދިންއިރު، އޭނާ ވަނީ 2020-21 ވަނަ އަހަރު ލީގު ޗެމްޕިއަންކަން އެ ކްލަބަށް ހޯދާދީފައެވެ.

މިވަގުތު ލީގްގެ ތާވަލުގެ 4 ވަނައަށް ވެއްޓިފައިވާ އަލް-އިއްތިހާދްގައި އެންގޯލޯ ކަންޓޭއާއި ކަރިމް ބެންޒެމާ ފަދަ ޔޫރަޕްގެ ލީގުން ވިދާލި މަޝްހޫރު ފުޓްބޯޅަ ތަރިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން