ގަޑިއެއްގެ އިރު ތެރޭ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ހުސް ކުރުމަށް އިޒްރޭލުން އަންގައިފިއެވެ.

ނިރުބަވެރި އިޒްރޭލު ސިފައިން މިފަދައިން އަމުރު ނެރެފައިވާއިރު، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝފާ ހޮސްޕިޓަލްގައި މިވަގުތު 7000 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ޙާލަތު ގޯސް 300 މީހުންނާއި 35 ދުވަސްނުފުރާ އުފަންވި ތުއްތު ކުދިންނަށް އޮކްސިޖަންގެ އެހީގައި އެ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

އިޒްރޭލުން މިގޮތަށް އަމުރުކޮށްފައިވާއިރު، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ދަނީ އެހޮސްޕިޓަލްގައި ހިޔާވަހިކަން ހޯދަމުންދެއެވެ. އަލްޖަޒީރާގެ ރިޕޯޓަރު ބުނީ ހޮސްޕިޓާ ހުސްކުރަން މުހުލަތު ދިނުނަށްފަހު އިޒްރޭލު ސިފައިން ދަނީ ހޮސްޕިޓަލުގައި ތިބި މީހުން ބޭރުކުރުމަށްޓަަކައި ބަޑި ދިއްކޮށްގެން ބިރުދައްކަމުންނެވެ.

އެކަމަކު ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އިސްރާއީލު ސިފައިން ވަނީ އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ހޮސްޕިޓަލުން ބޭރުކުރަން އަމުރުކުރި ވާހަކަ ދޮގުކޮށްފައެވެ.

މީގެއިތުރުން އިޒްރޭލުގެ އަސްކަރިއްޔާ، އައިޑީއެފުން ބުނީ ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރުގެ އެދުމަށް އިޖާބަދީ އެ ހޮސްޕިޓަލުގައި ތިބި ޣައްޒާ މީހުންނަށް އިތުރު ފުރުސަތު ދީ، އަދި އެ ހޮސްޕިޓަލުން ބޭރަށް ދާން ބޭނުންވާ، ރައްކާތެރި މަގުން އެކަން ކުރުމަށް އަންގާފައިވާ ކަމަށެވެ.

އިޒްރޭލުން ޝިފާ ހޮސްޕިޓަލަށް ހަމަލާތައް އަމާޒުކުރަނީ އެތަނަކީ ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެއެވެ. އެތަން ހިސާރުކޮށްފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް ޖަޒީރާއަށް މަޢުލޫމާތުދެއްވަމުން އެ ހޮސްޕިޓަލްގެ ޑިރެކްޓަރެއް ބުނީ އަލް-ޝިފާ ހޮސްޕިޓަލް ހުސްކުރުމަށް މިއަދު ހެނދުނު 9:00 ޖެހިއިރުގައި އަންގާފައިވާ ކަމަށެވެ. އިޒްރޭލުން މިގޮތަށް ޣައްޒާގެ އުތުރާއި ހޮސްޕިޓަލްތައް ހުސްކުރުމަށް އެންގުމަށްފަހު އެތަންތަނުން މީހުން ނިކުންނަން މަސައްކަތްކުރަން ފެށުމުން ވެސް ބަޑިޖަހައި މީހުންނަށް ހަމަލާދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން