ޚާރިޖީ ވުޒާރާގައި 5 އަހަރު ވަންދެން ބޭނުންކުރައްވަމުން ގެންދެވި އޮފީސް މޭޒުކޮޅުމަތީގައި އަލަށް މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފޮރިން މިނިސްޓަރ މޫސާ ޒަމީރަށް އެޑްރެސް ކުރަށްވައި ލިޔުއްވި ސިޓީއެއް ބާއްވަވާފައިވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިއްޔެ ފޮރިން މިނިސްޓަރކަމުގެ ހުވާކުރެއްވި ޒަމީރަށް ރައްދުކުރެއްވި އެ ސިޓީގައި ޝާހިދު ވަނީ ޒަމީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޒަމީރަކީ ފޮރިން މިނިސްޓްރީ ހިންގުމަށް ގާބިލް، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ވިދާޅުވެފައި ވެއެވެ.



މި ސިޓީގައި ޝާހިދު ވަނީ ފޮރިން މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ތަނެއް ކަމާއި މިހާރު އެ މިނިސްޓްރީ ހިންގަނީ ވަކި ގާނޫނެެއްގެ ދަށުން ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ވެސް އާއްމުކުރައްވާފައިވާ އެ ސިޓީގައި ޝާހިދު ވަނީ ފޮރިން މިނިސްޓްރީގައި މިވަގުތު ތިބި މުވައްޒަފުންނަށް ތަޢުރީފުކުރައްވާފައެވެ. އަދި އެ މުވައްޒަފުންނަކީ ވޭތުވެދިޔަ ފަސް އަހަރު ޕްރޮފެޝަނަލްކަމާއި ގާބިލުކަމާއެކު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި މުވައްޒަފުންތަކެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ހާރިޖީ ދާއިރާއިން ހާސިލުކުރެވިފައިވާ ކާމިޔާބީއާއި ކުރިއެރުން ލިބިފައިވަނީ އެމުވައްޒަފުންގެ ސަބަބުންކަމަށް ވެސް ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

"އަޅުގަނޑު ޔަގީންކުރާ ގޮތުގައި މަނިކުފާނުގެ ލީޑަޝިޕާއި އިރުޝާދުގެ ދަށުން ޓީމް ޚާރިޖީ، ދިވެހިރާއްޖެ ބައިނަލްއަގުވާމީ އާ އުސްމިންތަކަށް ގެންގޮސްދޭނެ." ސިޓީގައި ލިއުއްވާފައި ވެއެވެ.

މިސިޓީއާއި ގުޅޭގޮތުން އާ ޚާރިޖީ ވަޒީރު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޝަރީފް

19-Nov-2023

މި ހެޑް ލައިން ރަނގަޅުތޯ ބަހުގެ ގޮތުން


0

ޗައިވާލާ

18-Nov-2023

އަހަރުމެނަށް ބައިނަލް އަޤުވާމީ އާ އުސްމިންތަކަށް އެބަ ފެނޭ .ވަރަށް ވެދުން.



ޓްރެންޑިން