ބޮލީވުޑްގެ މަޝްހޫރު ފާތިމާ ސަނާ ޝެއިހްއާއި ވިޖޭ ވަރްމާ ފުރަތަމަ ފަހަރަށް އެއް ފިލްމެއްގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ފާތިމާއާއި ވިޖޭ ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ވިބޫ ޕޫރީ ޑައިރެކްޓް ކުރާ ފިލްމަކުންނެވެ. އެހެން ނަމަވެސް، މި ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަނާގެ މަސައްކަތެއްގެ ގޮތުގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ އިންޑިއާގެ ފުރަތަމަ ފީލްޑް މާޝަލް ސޭމް މަނޭކްޝޯގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮޕިކް ފިލްމް "ސޭމް ބަހާދުރު"އިން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގައި އޭނާ ދައްކުވައިދެނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީގެ ކެރެކްޓާއެވެ.

ވިޖޭ އެންމެ ފަހުން ފެނިފައިވަނީ ކަރީނާ ކަޕޫރާއެކު ކުޅެފައިވާ "ޖާނެ ޖާން" އިންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން