އިންތިޚާބީ ރައީސް ވެރިކަމުގެ ހުވައި ކުރެއްވުމަށް މިއަދު ބާއްވާ ރަސްމިއްޔާތު ބޭރުގެ ތިން ބަަހަކުން އަޑުއެހޭނެ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

އިންތިޚާބީ ރައީސް އޮފީހުގެ އޮފިޝަލަކު "ރަސް އޮންލައިން" އަށް މަޢުލޫމާތުދެއްވި ގޮތުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް ހުވާކުރައްވާ ރަސްމިއްޔާތުގެ ތަރުޖަމާ ތިން ބަހަކުން ކުރިއަށްދާނެއެވެ.

"އެއީ އިނގިރޭސި، އަރަބި އަދި ޗައިނީޒްއިން. އެހެން ނަމަވެސް، އިންޓަނޭޝަނަލް ފީޑް ދޫކުރާނީ އިނގިރޭސި ބަހުން އެކަނި." އިންތިޚާބީ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ މި ރަސްމިއްޔާތު ބެއްލެވުމަށް ވަޑައިގަންނަވާ ޤައުމުތަކުގެ ބޭފުޅުންނަށް މި ތިން ބަހުގެ ތަރުޖަމާ ހެޑްސެޓް ބޭނުންކޮށްގެން އަޑުއެއްސެވޭނެ ކަަމަށެވެ.

މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ ހުވާކުރުމުގެ ރަސްމިއްޔާތުގައި އެކި ޤައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި ގިނައީ ގައުމުތަކުގެ ވެރިން ތަމުސީލު ކުރަށްވާ މަންދޫބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން