ރާއްޖޭން އެއްވެސް ޤައުމެއްގެ އަސްކަރީ ރައްކާތެރިކަން ބޭނުމެއް ނޫން ކަމަށާއި ބޭނުންވަނީ ޤައުމުތަކުގެ އެހީތެރިކަން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ)އަށް އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަލާމަތާއި އަމާންކަން ކަށަވަރު ކުރުމަށްޓަކައި ވަކި ޤައުމެއްގެ އަސްކަރީ ރައްކާތެރިކަން ރާއްޖެއަށް ބޭނުންނުވާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭން ބޭނުންވަނީ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ކަމަށާއި ހުރިހާ ގައުމަކަށް ވެސް އެންމެ ބޮޑަށް ފައިދާ ކުރާނީ އެގޮތަށް ކުރިއަށް ދިއުމުންކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

“ރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކޮށް، އިގްތިޞާދު ހަރުދަނާކޮށް، ރާއްޖެ އާއި އިންޑިއާ ކަނޑުގެ ސަލާމަތާއި އަމާންކަން ކަށަވަރު ކުރުމަށް އަހަރެމެން ބޭނުންވަނީ ހުރިހާ ގައުމެއްގެވެސް އެހީތެރިކަން.” ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ދެކޮޅުކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ސާފުނޫން ކަމަށާއި ނަމަވެސް ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަށްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސީއެންއޭ އަށް ދެއްވި އިންޓަވިއުގައިވެސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ޙަވާލުކުރެއްވި މެންޑޭޓަކީ ބޭރުގެ ސިފައިން ރާއްޖެއިން ބޭލުން ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާދެމެދު ޒަމާންތަކަކަށް ދެމިފައި އޮތް ގުޅުމާއި އެކުވެރިކަމުގެ ތެރެއިން މި މައްސަލައަށް ހައްލު ގެނެސްދޭނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން