މާޒިޔާގެ ހެޑް ކޯޗަކަށް ހަމަޖެއްސި ނިޒާމްބެ
މާޒިޔާގެ ހެޑް ކޯޗަކަށް ހަމަޖެއްސި ނިޒާމްބެ
މާޒިޔާގެ ކޯޗުކަމުގެ މަގާމަށް، ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް، (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗުކަމުގެ މަގާމަށް ނިޒާމްބެ މި ހަމަ ޖެއްސީ ކުރިން އެ މަގާމުގައި ހުރި މަރުޖާން ސެކުލޮސްކީ ކޮންޓްރެކްޓް ހަމަވެގެން އެނބުރި ގައުމަށް ދިޔުމުންނެވެ. ނިޒާމްބެއާއި އެކު މާޒިޔާ އެންމެ ފުރަތަމަ ނިކުންނާނީ މި އަހަރުގެ އޭއެފްސީ ކަޕުގެ ބާކީ މެޗުތަކެވެ.

ޓީސީއާއި އެކު 2018 ވަނަ އަހަރު ދިވެހި ލީގު ހޯދި ނިޒާމްބެ އަކީ މާޒިޔާއަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދޭ ތިން ވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއާ އަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ.



ނިޒާމްބެ ވަނީ ޓިސީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީ، 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން ނިޒާމްބެ ވަނީ ޓީސީ އަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ވެސް ހޯދަައިދީފައެވެ. ނިޒާމްބެ ޓީސީ ދޫކޮށްލުމަށްފަހު ދެން ހަވާލުވީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. ސައިފްއާ އެކު ނިޒާމްބެ ނުކުތް ހަމައެކަނި މުބާރާތް ކަމަށްވާ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިޒާމްބެ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އުވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން