އަހުމަދު ޝާހް   14 ނޮވެމްބަރު 2023 - 11:42
މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީގެ ފިކުރު މަރާނުލެވޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

އަދީބު މިމޭރުމުން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިކަމަށް އިއުތިރާފްވުމުން އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވަނީ މައާފް ދެއްވާފައެވެ.

ޖަލު އަދަބުން މިނިވަން ވުމާއެކު މީސް މީޑިއާގައި އަދީބު ވިދާޅުވީ ފިކުރަކީ ކަސްތޮޅެއްގެ ތެރޭގައި އަޅުވެތިކޮށްގެން ގެންގުޅެވޭނެ އެއްޗެއް ނޫންކަމަށާއި، އެމްޓީޑީގެ ފިކުރު މަރާނުލެވޭނެ ކަމަށެވެ. އަދި ފިކުރަކީ ހެދިފޯދި ފެތުރިގެންދާނެ އެއްޗެއް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

"ފިކުރަކީ ކަސްތޮޅެއްގައި މަރާލެވޭނެ އެއްޗެއްނޫން. ޖަލުގެ އެކަހެރި ކުޑަ ގޮޅިން ފެށިގެން މުޅި ގައުމުގެ ހުރިހާ ދިމާލަކަށް މިފިކުރު ހެދިފޯދި ފުޅާވެ ފެތުރިގެންދާނެ." އަދީބް ވިދާޅުވި އެވެ.

އަދީބުގެ ޖަލުޙުކުމަށް ރައީސް ޞާލިޙް މަޢާފު ދެއްވާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސިއްޙީ ސަބަބުތަކަކަށްޓަކައި އޭނާ ތަންފީޒު ކުރަށްވަމުން ގެންދެވީ ގޭބަންދުގައި ހުރެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބުރޯ

14-Nov-2023

ތިޔައީ ވައްކަމުގެ ފިކުރު ބުރޯ


-1

ވ

14-Nov-2023

އެއީމީހުންމެރުމާ ބޮޑެތި ހިޔާނާތްތައްކޮން އެހެންމީހުން.މަޅީގާ ބައްދާ ފިކުރުތަ


0

ވ

14-Nov-2023

އެއީމީހުންމެރުމާ ބޮޑެތި ހިޔާނާތްތައްކޮން އެހެންމީހުން.މަޅީގާ ބައްދާ ފިކުރުތަޓްރެންޑިން