ބުރަކޮށް ނޫޅުނަސް، މުޅި ދުވަހު ގައިގައި ބުންވަރު ނުހުންނަހެން ހީވޭތޯއެވެ؟ ކަމެއް ކުރާނެ ހިތްވަރެއް ނެތިގެން އުޅެން ޖެހޭތޯއެވެ؟ މިކަމުގެ ޙައްލަކީ ކޮބާމައިކަމާއި ދޭތެރޭ ވިސްނުމުގެ ކުރިން މިކަން މެދުވެރިވާންވީ ސަބަބުތަކަށް ވިސްނާލަމާ ހިނގާށެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ފިޒީޝަން އަދި އިންޓެންސިވިސްޓް ޑރ. ވިކްރާންތް ޝާހް ދީފައިވާ ނަސޭހަތްތަކެކެވެ.

* ސްމާޓް ފޯނަށް މާ ގިނައިން ބެލުން

ނިދުމުގެ ކުރިން ނުވަތަ ހޭލެވުނުހާ އަވަހަކަށް ސޯޝަލް މީޑިއާއަށް ބަލާލެވޭތޯއެވެ؟ ހިތާމައަކީ މިއީ ވެސް ހަކަތައިގެ މިންވަރު ދަށްވާ އެއް ސަބަބު ކަމުގައި ވާތީއެވެ. ނިދުމުގެ ކުރިން ސްކްރީނަށް ގިނައިރު ބެލުމުން ނިދުމުގެ ހޯރމޯން އުފެއްދުން ދަމަހައްޓަން އުނދަގޫ ވާނެއެވެ. އެއީ ޑިވައިސްތަކުގައި ހުންނަ ބްލޫ ލައިޓްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ނިދި ޚަރާބުވުން ނުވަތަ ނިދި ނުލިބުމަކީ ވަރުބަލިކަން އިހުސާސް ކުރެވިދާނެ ކަމެކެވެ.

* ކަންކަމާއި މާ ބޮޑަށް ވިސްނާ ފިކުރުކުރުން

އިންސާނާގެ ސިކުނޑިއަށްވެސް ބާރުކުރާ ވަރު މަދުކުރަންވާނެއެވެ. މާ ބޮޑަށް ބޭކާރު ކަންކަމާއި ވިސްްނަންޏާ މީހާ ގައިގައި ހުރި ބުންވަރާއި ހަަކަތަ އެކަމެއްގެ މައްޗަށް ދާނެއެވެ. ސްޓްރެސްއަކީ ބުންވަރު ދަށްކުރުމަށް މަގުފަހިކުރުވާ ކަމެކެވެ. މާ ބޮޑަށް ސްޓްރެސް ވަންޏާ، ކޮންމެ ދުވަހަކުވެސް މެޑިޓޭޓް ކުރުމަށް 15 މިނެޓްގެ ވަގުތުކޮޅެއްވިޔަސް ހުސް ކުރާށެވެ. ކަސްރަތުކުރުމަކީވެސް މީހާގެ ސިކުނޑިއަށް އަރާމު ދޭ ވަގުތުކޮޅެކެވެ. ހަށިގަނޑަށް އަރާމުކުރަން ވަގުތު ދޭފަދައިން ސިކުނޑިއަށްވެސް އަރާމުކުރަން ވަގުތުކޮޅެއް ދޭށެވެ.

* ޑީހައިޑްރޭޝަން

ޑީހައިޑްރޭޓްވުމަކީ ފެން ބޮވޭ މިންވަރު މަދުވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމެވެ. ކަމަކާއި ނުލާ ގައިގައި ބުންވަރު ނުހުންނަ މީހުންނަށް ދުވާލެއްގެ މައްޗަށް ބޯންޖެހޭ އެންމެ މަދު މިންވަރަށް ފެން ބޭނުންނުކުރެވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

* ކެއުން

އަބަދުވެސް ހަކަތަ މަދުވާ ކަމުގެ އިހުސާސް ކުރެވޭނަމަ، މިންހެޔޮ ކެއުމެއް ޕްލޭން ކުރަން ޖެހެއެވެ. މާ ގިނައިން ހަކުރު، ކާބްސް، ޓްރާންސް ފެޓްސް، އަދި ޖަންކް ފުޑްސް ކާނަމަ، ބުންވަރު ދަށްވާނެއެވެ. ކެއުމަށް ވިސްނުންތެރިވެ، ފެހި ތަރުކާރީ، ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ސަރުބީ، އަދި ތާޒާ މޭވާ ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުން ކުރަން ޖެހެއެވެ.

* ނައްސި ވިސްނުން

ކަންކަމުގައި ނައްސި ވިސްނުން ގެންގުޅުމުން ސިކުނޑިއަށް ޕްރެޝަރ ވާނެއެވެ. ދިރިއުޅުމުގައި އުންމީދީ، ފައްސި ވިސްނުމެއް ގެންގުޅެން މަސައްކަތް ކުރާށެވެ. އަދި 'ނެގެޓިވް' ވިސްނުން ގެންގުޅޭ މީހުންނާއި ދުރުހެލިވާންވެސް ޖެހެއެވެ.

* ނިދި މަދުވުން

ނިދި މަދުވުމަކީ ގައިގައި ހުންނަ ބުންވަރަށް ސީދާ އަސަރު ފޯރާނެ ކަމެކެވެ. ހަކަތައިގެ މިންވަރު އިތުރު ކުރުމަށްޓަކައި ރަނގަޅަށް ނިދާލަން އާދަކުރާށެވެ. ރޭގަނޑު ވަރަށް މަދު ވަގުތުކޮޅެއްގައި ނިދާނަމަ މުޅި ދުވަހު ވަރުބަލިކަން އިހުސާސް ވާނެއެވެ. ނިދުމުގެ އެއް ގަޑިއިރު ކުރިން ސްމާޓް ފޯން ނުވަތަ ސްކްރީންތަކާއި ދުރުހެލިވާށެވެ. އަދި ކޮފީ އާއި ހަކުރު މަތިވާ އެއްޗެހި ބޭނުންކުރުން ވީހާވެސް ބޮޑަށް މަދުކުރާށެވެ. ރޭގަނޑު ލަހުން ކެއީމަ ބްލަޑް ޝުގާ އިތުރުވާނެއެވެ. އެއީ ސިއްހަަތަށް އަސަރު ކުރާ ކަމެކެވެ.

* ކަސްރަތު

އިންސާނާގެ ހަށިގަނޑު ބިނާވެފައިވަނީ ހަރަކާތްތެރިވާށެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ހަކަތަ އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ޖިސްމާނީ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން