މިލައިގައި ކިޔާ އަނަ ދަންމި ފަލަސްތީނީގެ މާނައަކީ އަހަރެންގެ ލެޔަކީ ފަލަތީނުގެ ލެޔެވެ.
މިލައިގައި ކިޔާ އަނަ ދަންމި ފަލަސްތީނީގެ މާނައަކީ އަހަރެންގެ ލެޔަކީ ފަލަތީނުގެ ލެޔެވެ.
'ދަންމި ފަލަސްޠީނީ' މިލަވައަކީ 2015 ވަނައަހަރު ފަލަސްތީނުގެ ލަވަ ކިޔުންތެރިޔާ މުހައްމަދު އައްސާފް ކިޔާފައިވާ އޭނާގެ އަމިއްލަ ލަވައެކެވެ. އަދި މިލަވަ އެންމެ ގަދަޔަށް ބޭނުން ކުރެވެންފެށީ 2021 ވަނަ އަހަރު ޖައްރާ ކިޔުނު ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބާލަން އުޅުނު ދުވަސްވަރުގައެވެ.

އޮކްޓޫބަރު 7 ގެ ހަމަލާތައް ފެށުމާއެކު އަނެއްކާވެސް މިލަވައިގެ އަޑު މިވަނީ މުޅި ދުނިޔޭގައި ގުގުމާލާފައެވެ. މިލަވައިގައި ކިޔާ އަނަ ދަންމި ފަލަސްޠީނީގެ މާނައަކީ އަހަރެންގެ ލެޔަކީ ފަލަސްޠީނުގެ ލެޔެވެ.

މިލަވައިގައި ފަލަސްތީނުގެ ލަވަކިޔުންތެރިޔާ ކިޔައިދެނީ އޭނާގެ ޤައުމުގެ ހިމާޔަތުގައި އޭނާ ހުރިކަމަށެވެ. މިލަވައިގެ ފެށުމުގައި ވަނީ އަލަ އަހްދި ޢަލާ ދީނީ، އަލަ އަރްޟި ތިލާކީނީ، އަނަ އަހްދި އަނަފްދީހަމް، އަނަ ދަންމި ފަލަސްޠީނީއެވެ. މާނައަކީ އަހަރެންގެ ދީން ހެކިކޮށް ވައުދުވަމެވެ. އަހަރެންގެ ބިމުގައި (ހިމާޔަތަށް) އަހަރެން ހުންނާނަމެވެ. އަހަރެން ނިސްބަތްވަނީ އަހަރެންގެ މީހުންނަށެވެ. އަދި އަހަރެންގެ ނަފްސު އެމީހުންނަށްޓަކައި ޤުރުބާން ކުރާނަމެވެ. އަހެންގެ ލެޔަކީ ފަލަސްތީނުގެ ލެޔެވެ.

މިލަވައިގައި އިތުރަށް ހިމެނޭ ބައިތަކަށް ބަލާއިރު، ޤައުމަށްޓަކައި ޤައުމުގެ ޘަޤާފަތާއި ޤައުމުގެ އިސްތިޤުލާލަށްޓަކައި އޭނާ ހުންނާނެކަމަށާއި ގުދުސްގެ ބިމުން އޭނާއަށްޓަކައި ބޭނުންވެގެން ގޮވާކަމަށާއި ކޮންމެ ގޮވާލުމަކަށް އިޖާބަދިނުމަށް އަޒުމުގައި ހުންނާނެކަމަށް ލަވައިގެ ޅެންބައިތުގައި ހިމެނިފައިވެއެވެ.

އަނެއްކާވެސް، ދަންމި ފަލަސްޠީނީ މިލަވަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވެމުންދާއިރު ޓިކްޓޮކާއި ފޭސްބުކް ފަދަ މީސް މީޑިއާގެ އޮޅިތަކުގައި މިލަވައިގެ އިޒްރާއިލް ރިމިކްސްއެއް ހަދައިގެން ވީޑިއޯތައް ހިއްސާކުރަމުން އެބަގެންދެއެވެ.

ދަންމި ފަލަސްތީން ލަވައިގެ މައުލޫމާތު ހޯދުމަށް ގޫގުލް ސާޗުކުރުމުންވެސް މިލަވައިގެ މައުލޫމާތުވެސް ގޫގުލްގައި ފެންނަން ނެތެވެ. މިކޮޕީލަވަ ހަދާފައިވަނީ ބޮޑަށް ބެލެވޭ ގޮތުގައި ޔަހޫދީ ބަހުންނެވެ. ކޮޕީ ލަވައިގައި އެކިޔާ ބަސްތަކަކީ ޔަހޫދިއްޔަތަށް ނިސްބަތްކޮށް، ޔަހޫދިއްޔަތު ކުރިއަށް ނެރުމަށް ލިޔެފައި ހުުރި ބަސްތަކެކެވެ.

މީގެ ތަރުޖަމާއެއްގައި ލިޔެފައިވަނީ "އިސްރާއިލް އަހަރެންގެ ބިން، ހެއްދެވިފަރާތްވަނީ އަހަރުމެންނާއިއެކު، އެފަރާތުން އަހަރުމެންގެ މީހުން ރައްކާތެރިކުރާނެ، އަދި ޔަހޫދިއްޔަތަކީ އަހަރުމެންގެ ފަޚުރު" ކަމަށެވެ.

ޓިކްޓޮކްއާއި ފޭސްބުކްގައި ޝެއާކޮށްފައިވާ މިލަވައިގެ ވީޑިއޯތަކަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު އެއްބަޔަކު ބުނަމުންދަނީ ފަލަސްތީނުގެ ބިންތައް ފޭރެމުން އެމީހުންގެ މުޅި ޘަޤާފަތް ވެސް ފޭރެމުން އެންމެފަހުން މިހާރު އެފޭރެންފެށީ ފަންނާނުންގެ އުފެއްދުންތައް ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި މިއީ ޕައިރެސީ ނުވަތަ ފޭރުން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

ދަންމި ފަލަސްޠީނީ ލަވަ މިއަހަރުގެ މެއި މަހު އެޕްލައިންނާއި ސްޕޮޓިފައިންވަނީ ނަގާފައެވެ. އެޕްލައިން އިން ހާމަކޮށްފައިވާ ގޮތުގައި ވައިގައި ހިފާފައިވާ މިލަވަނަގަން ޖެހުނީ، މިލަވަ ބޭނުންކުރަމުންދަނީ އިސްރާއިލް މީހުންނާއި ދެކޮޅަށްކަމަށްބުނެ އިޒްރާއިލްއާއި އެއްކޮޅަށް ވަކާލާތުކުރާ ގިނަބަޔަކު ހުށައެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެހެންނަމަވެސް ސްޕޮޓިފައިން ހާމަކޮށްފައިވާގޮތުގައި މިލަވަ ނަގަންޖެހުނީ ޑިސްޓްރިބިއުޓަރ އެލަވަ ނަގަން ބޭނުންވުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން