މިޑޮކިއުމެންޓަރީގައި ދައްކުވައިދޭ އެވިލެޖުގެ އެންމެ ީތިކަމަށްބުނާ ހަތަރު އަންހެނުން.
މިޑޮކިއުމެންޓަރީގައި ދައްކުވައިދޭ އެވިލެޖުގެ އެންމެ ީތިކަމަށްބުނާ ހަތަރު އަންހެނުން.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރީތި މިންކުރުމުގައި އާއްމުކޮށް ބަލައި އުޅެނީ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް އެއްވަރަކަށް ހުންނަ ހުރުމަށެވެ. އެހެންނަމަވެސް ތައިލެންޑުގެ ވިލެއްހެކަމަށްވާ ޕުކެޓް އައިލޭންޑުގައި ރީތި މާނަ ކުރަނީ އަންހެނުން ވީހާވެސް ބިޔަވުމެވެ. ފަލަވުމެވެ. މިއީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގެ މީހުން ހައިރާންކުރުވާނެ ކަމެކެވެ. އެހެންނަމަވެސް މިއީ ޕުކެޓުގެ ކުޑަ ވިލެޖެއްގައި ރީތި މިންކުރާ ގޮތެވެ.

މިވިލެޖުގައި ފަލަ އަންހެނުންނަކީ ގޭގައި ބައިތިއްބައިފައިތިބޭ އެމީހުންގެ ފިރިންގެ ރާނީންކަމުގައި އެމީހުން ބުނެއެވެ. ރާނީންގެ ގޮތުގައި އެމީހުންގެ ހަމައެކަނި މަސައްކަތަކީ ކައިގެން ފަލަކޮށް ތިބުމަށް ކެއުމާއި ނިދުމެވެ. ގޭގައި ކެއްކުމާއި ކާންބޯން ލާރި ހޯދުމަކީ އެމީހުންގެ ފިރިންގެ މަސައްކަތްތަކެވެ. މިވިލެޖުގެ ފިރިހެންވެރީން ބޭނުންވަނީ އެމީހުންގެ އަނބިންގެ ފަލަ ހަށިގަނޑު އެގޮތުގައި ދެމެހެއްޓުމެވެ. މިއީ އަޑުއަހާ މީހާއަށްވެސް ވަރަށް އާދަޔާ ޚިލާފު ވާހަކަތަކަކަށް ވާނެއެވެ.

މިމައުލޫމާތުތަކަކީ ކޮރެއާގެ ވެރައިޓީ ޝޯއެއްކަމަށްވާ އޭޝިއަން ހަންޓާ އިން ތައިލޭންޑުގެ މިވިކެޖަށް ޒިޔާތަތްކޮށް، އެޝޯވ ގައި ހުށަހަޅާފައިވާ ޑޮކިއުމެންޓަރީއަކުން ލިބިފައިވާ މައުލޫމާތުތަކެކެވެ.

މިޑޮކިއުމެންޓަރީގައި ފާހަގަކޮށްފައިވާ ގޮތުގައި އެރަށުގެ އެންމެ ރީތި ހަތަރު އަންހެނުންގެ ބަރުދަންވެސް ހުރީ 100 ކިލޯއަށްވުރެ މަތީގައެވެ. އަދި އެންމެ ފަލަ އަންހެން މީހާގެ ބަރުދަނުގައި 140 ކިލޯ ހުރިކަމަށް އެ ޑޮކިއުމެންޓްރީގައި ފާހަގަކޮށްފައިވެއެވެ.އަދި މިވެލެޖުގައި ޒުވާން ފިރިހެންނުން ކައިވެނި ކުރަންވެސް އެންމެ ކަމުދަނީ ވީހާވެސް ފަލަކޮށްތިބޭ އަންހެންކުދިންކަން އެވިލެޖުގެ ޒުވާނުން ބުނެއެވެ. މިޑޮކިއުމެންޓަރީގައި ހަށިގަނޑު ލޫޅާފަތި އަންހެން ކުއްޖެއް އޭނާގެ ބައްޕަ އެކުއްޖާއާއި ކައިވެނި ކުރާ މީހަކަށް އެތައް އިނާމަކާއި ހަދިޔާއެއް ދޭނެކަމުގައި ބުނުމުންވެސް ކައިވެނި ކުރާނެ މީހެއް ނުވާކަމުގެ ޝަކުވާ ކުރެއެވެ. އަދި އެކުއްޖާގެ ފަލަ އެކުވެރިއާއާއި ކައިވެނި ކުރާން އެދިގެން އަންނަ މީހުން ތިބެނީ ލައިން ހަދާފައިކަމަވެސް އޭގައި ބުނެފައިވެއެވެ.

މިރަށުގައި އަންހެންވެރިން ފަލަވުމަށް އެތަނުގެ މީހުން ބޭނުންވި ކަމުގައިވީނަމަވެސް އެންމެ ހައިރާން ކުރުވަނިވި ކަމަކީ އެރަށުގެ ފިރިހެނުންގެ ހަށިގަނޑު ހުންނަނީ 'ސްލިމް'ކޮށެވެ. އަދި އެމީހުން ލޫޅާފަތިކޮށް ތިބެނީ އެމީހުން އަންހެންވެރީން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވައި ހުރިހާ މަސައްކަތްތަކެއް އެމީހުން ކުރާތީ ކަމަށް އެރަށުގެ މީހުން ބުނެއެވެ.

ކޮންމެއަކަސް ރީތި މާނަކުރުންވަނީ ކޮންމެ މީހަކަށްވެސް ވަކި ޚާއްސަ ގޮތަކަށެވެ. އެކަކަށް ރީތިވާމީހާ އަނެކަކަށް ރީތިވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް އެއްވެސް މީހަކު އަނެކާހުރި ސިފަޔަކަށް ނޫނީ ބައްޓަމަކަށް މަލާމަތްކުރުމަކީ ވަރަށް ނާތަހުޒީބު އަދި ބަލައިގަނެވޭނެ ކަމެއްނޫނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން