އިޓާލިއަން ލީގުގައި 50 ލަނޑު ހަމަކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ
އިޓާލިއަން ލީގުގައި 50 ލަނޑު ހަމަކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަރި އޮއްސުމެއްނެތި ޔޫރަޕުގެ ތިން ލީގެއްގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ޤާއިމްކޮށްފިއެވެ.

ރޮނާލްޑޯ މިރެކޯޑު ހަދާފައިވަނީ ރޭ ލާޒިއޯގެ މައްޗަށް ޔުވެންޓަސް ކުރި 2-0 ގެ ނަތީޖާއަކުން ކުރި ހޯދި މެޗްގައެވެ.

މި މެޗުގައި ޔުވެންޓަސްއިން ދެލަނޑުވެސް ޖަހާފައިވަނީ ރޮނާލްޑޯއެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑާއެކު އިޓާލިއަން ސެރިއާގައި އޭނާ މިހާތަނަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 51 ކަށް އަރާފައެވެ. ސެރީއާގައި އޭނާ މިހާތަނަށް ކުޅެފައިވަނީ 61 މެޗެވެ. ރެއާލްމެޑްރިޑް ދޫކޮށް އިޓަލީއަށް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު މިސީޒަންގެ ޓޮޕް ސްކޯރަރ ލާޒިއޯގެ އިމޯބައިލްއާއި ރޮނާލްވަނީ ހަމަހަމަކޮށްފައެވެ. އިމޯބައިލް އެއްވަނާގައި އޮތީ 30 ލަނޑާއި 8 އެސިސްޓާއެކުގައެވެ. ރޮނާލްޑޯއަށް ދެވަނަ ލިބެނީ 30 ލަނޑާއި 5 އެސިސްޓުންނެވެ.މިހާތަނަށް ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާރ ޔުނައިޓެޑްގައި 196 މެޗުން 84 ލަނޑު ކާމިޔާބުކޮށް، ސްޕެނިޝް ލަލީގާގެ ރެއަލް މެޑްރިޑް ގައި 292 މެޗުން 311 ލަނޑާއި އިޓާލިއަން ސެރީއާގެ ޔުވެންޓަސްގައި 61 މެޗުން 51 ލަނޑު ޖަހާފައެވެ. މިއީ މީގެ ކުރިން އެހެން ކުޅުންތެރިއަކަށް ކެރިއަރުގައި ހޯދިފައިވާ ކާމިޔާބެއް ނޫނެވެ.

އިޓާލިއަން ސެރީއާގެ ތާރީޚުގައި 50 ލަނޑު އެންމެ އަވަހަށް ހަމަކޮށްފައިވަނީވެސް ރޮނާލްޑޯއެވެ. ރޮނާލްޑޯ 50 ލަނޑު ހަމަކޮށްފައިވަނީ 61 މެޗުންނެވެ. ރޭގެ މޮޅާއެކު އިޓާލިއަން ލީގު ޔަޤީންކުރަން ޔުވެންޓަސް ދެން ބޭނުންވަނީ އެންމެ 5 ޕޮއިންޓެވެ. މިހާތަނަށް 34 މެޗުން ޔުވެންޓަސްއަށް 80 ޕޮއިންޓް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން