އަނބިމީހާއަށް ގެވެށި އަނިޔާ ކުރާ ކަމަށް ތުހުމަތު ކުރެވުނު އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގާއި ޝާލިނީ ތަލްވާރްގެ ވަރީގެ މައްސަލަ ކޯޓުން ނިންމައިފިއެވެ.
ޔޯޔޯއާއި ޝާލިނީ ވަރިވީ ކައިވެންޏަށް 11 އަހަރު ފުރުނު ފަހުންނެވެ. ޔޯޔޯއަކީ ގެވެށި އަނިޔާ ކުރާ މީހެއް ކަމަށް ބުނި ޝާލިނީ ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އޭނާއާއި ޔޯޔޯ ވަނީ ކޯޓުން ބޭރުން އެކަމަށް ހައްލެއް ހޯދާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަން ހައްލުކުރި ގޮތެއް މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.
ހަނީގެ މައްޗަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު ކުރީ ދެމީހުން ވަރިވާން އެއްބަސްވެގެން ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެކަމަކު، ހަނީ ވަނީ ޝާލިނީގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅިތާ 2 އަހަރާއި 6 މަސް ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު