ކާރުގައި އެންމެ ހިތްގައިމީ ބާރަށް ދުއްވާލެވުމާއި އެކާރެއްގެ ހިމެނޭ އެހެން ފީޗާ ތަކެވެ.
ކާރުގައި އެންމެ ހިތްގައިމީ ބާރަށް ދުއްވާލެވުމާއި އެކާރެއްގެ ހިމެނޭ އެހެން ފީޗާ ތަކެވެ.
ބާރަށް ކާރު ދުއްވުމަކީ ޒުވާނުންގެ ތެރޭގައި ވަރަށް މަޤުބޫލުކަމެކެވެ. އަދި ރާއްޖޭގައިވެސް މިހާރު ކުޅިވަރެއްގެ ގޮތުގައި ރޭސިން ކުރިއަށް ގެންދާތީ މިއީ ޒުވާނުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ މީހުން އިތުރުވަމުންދާ ކަމެކެވެ. އެހެންކަމުން މިލިޔުމުގައި މިގެނެސްދެނީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ހުރި އެންމެ ބާރަށް ދުވާ ކާރުގެ މައުލޫމާތުތަކެވެ.

1. ބުގަޓީ ޝީރޮން ސުޕަރ ސްޕޯޓް 300 ޕްލަސް؛ 304 މޭލު ބާރު މިނުގައި ދުއްވާ މި ކާރުގެ ރެކޯޑް އޮތީ ދުނިޔޭގައި އެންމެ ބާރު ސްޕީޑްގައި ދުއްވާ ކާރުގެ ގޮތުގަ އެވެ. ރޮކެޓެއްފަދަ ބާރު ސްޕީޑްގައި ދުއްވާލެވޭ މިއުޅަނދުގެ އިންޖީނުން 1،600 ހޯސްޕަވާ އުފައްދައެވެ. 8.0 ލީޓަރުގެ ފިއުލް ޓޭންކެއް ހުންނަ މި އިންޖީނުގެ ނަމަކީ ކުއާޑް ޓާބޯ ޑަބްލިއު 16 އެވެ.

2. ހެނެސީ ވެނަމް އެފް 5؛ ހެނެސީ ވެނަމް އެފް 5 އަކީ ވެސް ބާރުދުވެލީގައި ދަތުރުކުރާ ސުޕަރ ކާރެކެވެ. މިކާރުގައިވާ 6.6 ލީޓަރުގެ ވީ8 އިންޖީނުން 311 މޭލުގެ ބާރު މިނުގެ ސްޕީޑެއްގައި ދުވާވާނެއެވެ. އަދި މިއީ 1817 ހޯސްޕަވަރުގެ ބާރު މިނުގެ އިންޖީނެކެވެ. މި އެމެރިކަން ހައިޕަކާރަކީ ބާރު ސްޕީޑާއި ދުވުމުގެ ގާބިލުކަން އެކުލެވިފައިވާ ކާރެކެވެ.

3. އެސް.އެސް.ސީ ޓުއާޓާރާ؛ އެސްއެސްސީ ޓުއާޓާރާ އަކީ 'ޓޮޕް' ސްޕީޑަށް ވާދަކުރާ ވަރުގަދަ އުޅަނދެކެވެ. މިކާރުގެ ރެކޯޑް ކުރެވިފައިވާ ޓޮޕް ސްޕީޑްއަކީ 282 މޭލެވެ. މި ކާރުގައިވަނީ 5.9 ލީޓަރުގެ ޓްވިން ޓާބޯ ވީ8ގެ އިންޖީނުން 1،750 ހޯސްޕަވަރުހުރެއެވެ.

4. ކޮއެނިގްސެގް ޖެސްކޯ; ކޮއެނިގްސެގް ޖެސްކޯ އަކީ 330 މޭލުގެ ބާރު މިނުގައި ދުވެލާ ސްވިޑެންގެ އުފެއްދުމެކެވެ. މިއުޅަނދުގައިވާ 5.0 ލީޓަރުގެ ޓްވިން ޓާބޯޗާޖްޑް ވީ8 އިންޖީނުން 1،603 ހޯސްޕަވަރު އުފައްދައިދެއެވެ.

5. ރިމެކް ސީޓޫ؛ މިއީ 258 މޭލުގެ ބާރު މިނުގައި ދުއްވާ 'އޯލް އިލެކްޓްރިކް' ކާރެކެވެ. މިކާރުގައިވާ ހަތަރު އިލެކްޓްރިކް މޯޓަރުން 1،914 ހޯސްޕަވަރު އުފައްދައެވެ. މިއުފެއްދުމަށް ބެލުމުން، އިލެކްޓްރިކް ކާރުތަކަކީ ޕެޓްރޯލް ކާރުތަކާ އެއްވަރަށް ހަލުވި އަދި ހިތްގައިމުކަން ސާބިތުކޮށްދީފައިވާ ކާރުތަކެވެ.

6. ލެމްބޯގިނީ އެވެންޓެޑޯ އެސް.ވީ.ޖޭ؛ ލެމްބޯގިނީ އަކީ ސްޕީޑަށް ނެގުމަށް ނުވަތަ ހަލުވި ސްޕީޑަށް އައު ބްރޭންޑެއް ނޫނެވެ. އެހެންކަމުން ލަމްބޯގިނީގެ ކޮންމެ ކާރެއްވެސް ބާރު ސްޕީޑް ހިފަހައްޓައެވެ. މި ރޭންޖުގެ އެވެންޓަޑޯ އެސްވީޖޭ އަކީ 6.5 ލީޓަރުގެ ވީ12 ނަމަކަށްކިޔާ 759 ހޯސްޕަވަރުގެ ބާރުގަދަ އިންޖީނެއް އެކުލެވޭ ރީތި ޑިޒައިނެއްގެ ކާރެކެވެ.

7. މެކްލަރެން ސްޕީޑްޓެއިލް؛ މެކްލަރެން ސްޕީޑްޓެއިލް އަކީ އެރޯޑައިނަމިކްސް އާއި އިނޮވޭޝަންގެ އީޖާދެކެވެ. 250 މޭލުގެ ބާރު މިނުގައި ދުއްވާ މި އުޅަނދަކީ ހައިބްރިޑް ޕަވަރޓްރެއިނަކުން 1،035 ހޯސްޕަވަރ އުފައްދައިދޭ އުޅަނދެކެވެ.

8. ޕޯރޝް 911 ޓާބޯ އެސް؛ ޕޯރޝް 911 ޓާބޯ އެސް އަކީ އާދައިގެމަތިން ދުއްވުމަށްވެސް އެކަށިގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ. މިކާރުގެ 3.8 ލީޓަރުގެ ފްލެޓް-ސިކްސް އިންޖީނުން 205 މޭލުގެ ސްޕީޑުގައި ދަތުރުކުރެވޭނެއެވެ. މިއިންޖީނުގެ ހޯސްޕަވަރަކީ 640 އެވެ.

9. ފެރާރީ 812 ސުޕަރފާސްޓް؛ ފެރާރީ 812 ސުޕަފާސްޓް ގެ ސްޕީޑު ހުންނަނީ 211 މޭލު ބާރު މިނުގައިއެވެ. މިއުޅަނދުގައިވާ 6.5 ލީޓަރުގެ ވީ12 އިންޖީނުން 789 ހޯސްޕަވަރު އުފައްދައިދެއެވެ.

10. އެސްޓަން މާޓިން ވަލްކީރީ؛ އެސްޓަން މާޓިން ވަލްކީރީ އަކީ ފޯމިއުލާ 1 ޓެކްނޮލޮޖީން ތައްޔާރުކުރެވިފައިވާ ހައިޕަކާރެކެވެ. މިކާރުގައިވާ 6.5 ލީޓަރުގެ ވީ12 އިންޖީނަކާއި އިލެކްޓްރިކް މޯޓަރުން 250 މޭލުގެ ބާރު މިނުގައި ދުވެލާ މިކާރުން 1،160 ހޯސްޕަވަރު އުފައްދައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން