އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކާރް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.ނޭހާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައީ އޭނާގެ ފިރިމީހާ ރޯހަންޕްރީތް ސިންގް އަދި އާއިލާ މެންބަރުންނާއި އެކީގައެވެ. ނޭހާ މިވަގުތު މަޑުކޮށްގެން ހުރީ ސަންސިޔާމް އިރުފުށި ރިޒޯޓްގައެވެ.

ރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލެކެވެ. ނިމިދިޔަ މަހުގައިވެސް ބޮލީވުޑްގެ ތަރިން އަނަންޔާ ޕާންޑޭއާއި ޕޫޖާ ހެޖް ވަނީ ރާއްޖޭގެ ރިޒޯޓެއްގައި އުފަންދުވަސް ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން