ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗަކަށް އައިވަރީ ކޯސްޓްގެ ކުރީގެ މަޝްހޫރު މިޑްފިލްޑަރ ޔާޔާ ޓޫރޭ ހަމަޖައްސައިފިއެވެ.

ސައުދީގައި އުމުރުން 40 އަހަރުގެ ޔާޔާ މަސައްކަތްކުރާނީ ހެޑް ކޯޗް ރޮބާޓް މަންޗިނީގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. ޔާޔާ ވަނީ މީގެ ކުރީގައި މަންޗިނީގެ ކޯޗްކަމުގެ ދަށުން މެންޗެސްޓާ ސިޓީއަށްވެސް ކުޅެދީފައެވެ.

ބާސެލޯނާ ޓީމްގައިވެސް ފުޓްބޯޅަ ކުޅެފައިވާ ޔާޔާ އޭނާގެ ކޯޗިންގ ކެރިއަރ ފެށީ 2019 ވަނަ އަހަރުގައެވެ.، ޔޫކްރޭންގެ ކްލަބް ޑޮނެޓްސްކް އޮލިމްޕިކް އާއި ރަޝިޔާގެ ގްރޮޒްނީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ އެކަޑަމީ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

ކެރިއަރުގައި ޓޫރޭ ވަނީ އައިވަރީ ކޯސްޓަށް 101 މެޗު ކާމިޔާބުކޮށް، 2015 ވަނަ އަހަރު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރުމުގެ އިތުރުން ގްރީސް، ސްޕެއިން، އިނގިރޭސިވިލާތް އަދި ޗައިނާގައި ކްލަބް ފުޓްބޯޅައިން 18 ތަށި ހޯދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން