ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތް ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި މަަސައްކަތްކުރާ ގިނަ ބަޔަކަށް ފާޑުކިޔާ، ޒުވާބުކޮށް ހަދާ ކަންގަނާއަށް އެކަމުގެ ސަބަބުން މީހުންގެ ނަފްރަތާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. ކަންގަނާ މަޝްހޫރުވެފައިވަނީ ބޮލީވުޑްގެ އެންމެ ބޮޑާ ބަތަލާގެ ގޮތުގައެވެ.

އެހެން މީހުންގެ ޤާބިލިއްޔަތާއި މެދު ސުވާލުކޮށް، އޭނާގެ ހުނަރު އެހެން މީހުންނަށްވުރެ މަތިކަމަށް ދައުވާކުރާ ކަންގަނާ ސިޔާސީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކުރުމުން ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތްވެސް ކޮށްފައެވެ.

ކަންގަނާ ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް، "ލޯކް ސަބާ" އަށް ވާދަކުރަން ބޭނުންވާ ކަމަށް ހާމަކޮށްފައެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "އިމަޖެންސީ" ގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން