މޯލްޑިވްސް އިސްލާމިން ބޭންކު، އެމްއައިބީގެ ބ. އަތޮޅު ސޭލްސް ސެންޓަރު އޭދަފުށީގައި ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހުއާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހްއެވެ. މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެކެވެ.

އޭދަފުށީ އެމްއައިބީ ސޭލްސް ސެންޓަރަކީ ފައިސާ ޖަމާކުރުމާއި ނެގުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ލިބޭ ސެންޓަރެކެވެ. އެހެން ނަމަވެސް ފައިސާ ޖަމާކުރާ ކައުންޓަރު ތަކެއް ނުހުންނާނެ ކަމަށް އެމްއައިބީއިން މައުލޫމާތު ދީފައި ވެއެވެ.

މިސެންޓަރުން އެކައުންޓް ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ ކަމަށާއި އިންޓަނެޓް ބޭންކިން ގެ ހިދުމަތަށްވެސް އެ ސެންޓަރުން އަމިއްލައަށް ރަޖިސްޓްރީ ކޮށްލެވޭނެ ކަމަށް އެމްއައިބީން ބުނެފައި ވެއެވެ. އަދި އެކި ހިދުމަތްތަކުގައި އެމްއައިބީގެ މުވަޒަފުންގެ އެހީވެސް ސެންޓަރުބް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީ އޭދަފުށީ ސެންޓަރ ހުޅުވުމާއިއެކު ފައިނޭންސިން ހިދުމަތް ހޯދުމަށް އެސަރަހައްދުގެ އެމްއައިބީގެ ކަސްޓަމަރުން މާލެ ދާން ނުޖެހޭނެ ކަމަށް އެބޭންކުން ބުނެއެވެ.

މިއީ އެބޭންކުގެ އާ ތަސައްވަރު ކަމަށާއި އަދި މިފަދަ ޒަމާނީ ބްރާންޗްތައް ދާދި އަވަހަށް އދ. މަހިބަދޫ އާއި ލ. ގަމުގައި ހުޅުވުމަށް ހަމަަޖެހިފައިވާ ކަމަށް ވެސް އެމްއައިބީން ބުނެފައި ވެއެވެ.ކުރިއަށް އޮތް އަހަރުގައި މިފަދަ ޒަމާނީ ބްރާންޗްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިބީން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން