ބޮލީވުޑްގެ މަޝްހޫރު ބަތަލު އަނިލް ކަޕޫރް ބައިނަލްއަޤްވާމީ އިތުރު ފިލްމެއްގައި ހަރަކާތްތެރިވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއީ "ދަ ލަންޗްބޮކްސް"ގެ ޑައިރެކްޓަރ ރިތޭޝް ބަތުރާގެ މަސައްކަތެއް ކަމަށްވެއެވެ. ރިތޭޝް ޑައިރެކްޓްކުރާ މި ލޯބީގެ ފިލްމުގައި އަނިލްއާއިއެކު ހަރަކާތްތެރިވާނީ ފަރަންސޭސިވިލާތުގެ އަންހެން ފަންނާނެއް ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ.

އަނިލް ވަނީ މީގެ ކުރީގައި ހޮލީވުޑްގެ މަޤްބޫލު "ސްލަމްޑޯގް މިލިއަނަރ" އަދި "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޮލް" ގައި މަސައްކަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން