ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންވީރް ސިންގް، ބަތަލާ ދީޕިކާ ޕަޑުކޯންއަށް ކައިވެނި ހުށަހެޅީ ރާއްޖޭގެ ފިނޮޅެއްގައި ކަމަށް ހާމަކޮށްފިއެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގެ މަގްބޫލު ޖޯޑެއް ކަމުގައިވާ ދީޕިކާއާއި ރަންވީރްގެ ކައިވެންޏާއި ގުޅޭ ތަފްސީލުތައް އެދެމީހުން ހާމަކުރީ ޑައިރެކްޓަރ ކަރަން ޖޯހަރްގެ ޓޯކް ޝޯވ، "ކޮފީ ވިތް ކަރަން" ގައެވެ. ކޮފީ ވިތް ކަރަންގެ 8 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަދައްކަމުން ރަންވީރް ބުނީ އޭނާ ދީޕިކާއާއެކު ރާއްޖޭގެ ރިޒޯޓަކަށް އައީ އޭނާއަށް ކައިވެނި ހުށަހަޅައި 'ސަޕްރައިޒް' ކޮށްލުމަށް ކަމަށެވެ.

ރަންވީރް ބުނީ 6 އަހަރު ވަންދެން ދީޕިކާއާއި ރައްޓެހިވެގެން އުޅުމުގެ ތެރޭގައި ދީޕިކާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ވާން އެންމެ އެކަށޭނަ މީހާކަން ވަކި ހިސާބަކުން އިހްސާސްވި ކަމަށެވެ. އެހެންވީމާ، ދީޕިކާގެ ހަޔާތަށް އެހެން ފިރިހެނަކު އައުމުގެ ކުރިން އޭނާއަށް ކައިވެނި ހުށަހަޅަން ރަންވީރް ނިންމީއެވެ.

ރަންވީރް ބުނީ އޭނާ ދީޕިކާއަށް ކައިވެނި ހުށަހެޅީ ރިސޯޓުން އެ މީހުން ގެންދިޔަ ފިނޮޅުގައި ތިބެގެން ކަމަށެވެ. އޭނާ ބުނީ ބޯޓުގައި ދަތުރުކުރިއިރު، ފިނޮޅު ފެނުނީމާ "ސޭންޑް ބެންކް" އަކީ ޕްރޮޕޯޒްކުރަން އެންމެ ރަނގަޅު ތަން ކަމަށް ހިތަށް އެރި ކަމަށެވެ.

ރަންވީރް ވަނީ އެވަގުތުކޮޅު "ސޭންޑްބޭންކް އެޑްވެންޗާއެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.

"އެތާނގައި ތިބީ ހަމައެކަނި އަހަރެންނާއި ދީފިކާ، ކަނޑުގެ މެދުގައި. އަހަރެން ހީކުރީ، މިއީ ޕާފެކްޓް ސެނާރިއޯއެކޭ (ޕްރޮޕޯޒްކުރަން)." ރަންވީރް ކިޔާމައިދިނެވެ.

އޭގެފަހުން، ރަންވީރާއި ދީޕިކާ ވަނީ ސިއްރުން އެންގޭޖް ވެސް ވެފައެވެ.

ރަންބީރާއި ދީޕިކާ ކައިވެނިކުރީ 2018 ގައި އިޓަލީގެ ލޭކް ކޯމޯގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން