ބޮލީވުޑްގެ މަޝްހޫރު ސިދްހާރްތު މަލޯތްރާއާއި ޖާންވީ ކަޕޫރް އެއް ފިލްމެއްގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓްކޮށްފިއެވެ.

މިއީ ސިދާރްތާއި ޖާންވީ އެއް ސްކްރީނަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ސިދާރްތާއި ޖާންވީ މަަސައްކަތްކުރަނީ ކޮން ފިލްމެއްގައިކަން ހާމަނުކުރިޔަސް، ބައެއް މީޑިއާތަކުން ބުނަނީ މިދެމީހުން މަސައްކަތްކުރާނީ މަގްބޫލު ކޮމެޑީ ފިލްމު "ދޯސްތާނާ" ގެ ސީކުއެލްގައި ކަމަށެވެ.

ޖާންވީއާއި ސިދާރްތު މަސައްކަތްކުރާނީ ދިނޭޝް ވިޖަންގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމެއްގައެވެ. މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ތުޝާރް ޖަލޯޓާއެވެ.

ސިދާރްތު ދެން އެންމެ އަވަހަށް ފެންނާނީ ޖެނުއަރީ 24ގައި ރިލީޒްވާން ހަމަޖެހިފައިވާ، ކާމިޔާބު ޑައިރެކްޓަރ ރޯހިތު ޝޯޓީގެ ފުރަތަމަ ވެބް ސީރީޒްއިންނެވެ. ޕްރައިމް ވީޑިއޯއަށް ރިލީޒްވާ މި ވެބް ސީރީޒްއަކީ އިންޑިއާގެ ފުލުސް އޮފިސަރުންގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ. ސިދާރްތާއި އެއްކޮށް ޝިލްޕާ ޝެޓީއާއި ވިވެކް އޮބެރޯއީވެސް މި ވެބް ސީރީޒްގައި ހަރަކާތްތެރިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން