ޕާކިސްތާނު ފިރިހެނަކު ތުރުކީ ވިލާތަށް ދިޔައިރު ދުފަން ބޭނުންކުރާ ފޯއް ނުވަތަ ފޯކުން އުފައްދާފައިވާ ބާވަތެއް ގެންގޮސްގެން އޭނާ ޖަލަށް ލައިފިއެވެ.

އުވެއިސް ނަމަކަށް ކިޔާ މި ފިރިހެން މީހާ ތުރުކީއަށް ދިޔައީ އޭނާގެ މަސައްކަތް ކުރާ ކުންފުނިން ދިން ދަތުރެއްގައެވެ. ޕާކިސްތާނުގެ އެއާޕޯޓުން އޭނާގެ ފޮށި ތަންމަތި ބަލާ ފާސްކުރުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ތުރުކީއަށް ފްލައިޓް ޖެއްސުމާއިއެކު ޑްރަގްސް ގެންގުޅޭކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ތުރުކީގައި ފޯކާއި ފޯކުގެ އުފެއްދުންތައް ބޭނުންކުރުމާއި އެތެރެ ކުރުމަކީ މަނާ ކަމެކެވެ. ފޯކާއި ސުޕާރީއަކީ އަމަލު ނުވިޔަސް، ސްޓިމިއުލަންޓް ޑްރަގެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ފޯކުގައި ހުންނަ ބާވަތެއްގެ ސަބަބުން ސިކުނޑި އިތުރަށް އެލާޓްކޮށް އެ ބޭނުންކުރާ ގަޑީގައި މީހާގެ ހަށިގަނޑަށް ވަކި ބަދަލެއް ގެނުވައެވެ. އުވައިސް ބުނީ ފޯކަކީ ތުރުކީގައި މަނާއެއްޗެއްކަން އޭނާއަށް އެނގިފައި ނުވާ ކަމަށާއި ޕާކިސްތާނުގެ ކަސްޓަމުން އޭނާއަށް އެކަން ބުނެދީފައި ވެސް ނުވާކަމަށެވެ.

އުވައިސް ބުނީ އޭނާގެ އާއިލާއަކީ މާލީގޮތުން އެހާ ތަނަވަސް އާއިލާއެއް ނޫން ކަމަށާއި މި މައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލަށް 8000 ޑޮލަރު ޚަރަދުކުރަން ޖެހުނު ކަމަށެވެ.

ތުރުކީ ވިލާތުގައި މިހާރުވެސް ޕާކިސްތާން ނިސްބަތްވާ އިތުރު 15 ރައްޔިތުން ސުޕާރީ ނުވަތަ ދުފުމަށް ބޭނުންކުރާ ފޯއް އެތެރެކުރުމުގެ ކުށުގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށް، ލައިފް އިން ސައުދީ އަރަބިއްޔާ، ލިސާ ނޫހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހަކީމު

26-Oct-2023

ފޯއް އެތެރެ ނުވިޔަސް ބާތަކުގައި ރާބުއިމާ ރާވިއްކުމަކީ އެގައުމުގައި ހުއްދަކަމެއް.


-2

ބޭބެ

25-Oct-2023

ނޫސް ލިޔާ ބައެއް ކުދިންނަށް ފުވަކާއި ފޯއް ވަކިކުރަނ ނެޔގުމަކީ ޑެރަ ަރުގެ ކަމެއް



ޓްރެންޑިން