ފުޓްބޯޅަ ކުޅުންތެރިންނަށް ބޭނުންކުރުން މަނާ ސަޕްލިމެންޓަކަށް ޕޮޒިޓިވްވުމާއި ގުޅިގެން އާޖެންޓީނާގެ ތަރި ޕާޕޫ ގޮމޭޒް ދެ އަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އިޓާލިއަން ލީގުގެ މޮންޒާއަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ފީފާއިން ސަސްޕެންޑްކުރީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ހެދި އެންޓި ޑޯޕިންގ ޓެސްޓުން ޓަރބިއުޓަލިންއަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭރު އޭނާ ކުޅެމުންދިޔައީ ސެވިއްޔާއަށެވެ.

މިކަމާއި ގުޅިގެން ސެވިއްޔާ އިން އޭނާގެ ކޮންޓްރެކްޓް އުވާލުމުން ގޮމޭޒް މޮންޒާއަށް ބަދަލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ގޮމޭޒް ކިޔާދިންގޮތުގައި ރޯގާޖެހިފައިހުރުމުގެ ސަބަބުން ކުޑަކުދިންނަށް ކެއްސާތީ ދޭ ސިރަޕެއް އޭނާއަށް ބޮވުނީއެވެ. އެއީވެސް ސެވިއްޔާ ކްލަބުގެ ޑޮކްޓަރުންގެ ލަފާއާއި ނުލާކުރި ކަމަކަށްވުމުން ސެވިއްޔާއިން އޭނާގެ ފަރުވާ ކުޑަކަން ބަލައިނުގަތެވެ.

އާޖެންޓީނާގެ ޤައުމީ ޓީމުން މިދިޔަ އަހަރުގައި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑްގައިވެސް ގޮމޭޒް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން