"ހައުސްފުލް 4" އަދި "ކިސީ ކީ ބާއި ކިސީ ކީ ޖާން" ފަދަ ކާމިޔާބު ފިލްމުތަކުގައި ހަރަކާތްތެރިވި ބޮލީވުޑްގެ އަރަމުންދާ ތަރި ޕޫޖާ ހެޖް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕޫޖާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ބެލެވޭ ގޮތުގައި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް ހުރީ އެކަންޏެވެ. ޕޫޖާއަކީ މީގެ ކުރީގައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ތަރިއެކެވެ. އެގޮތުން މިިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ވަނީ އާއިލާއާއި އެއްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޕޫޖާ މިފަހަރު މަޑުކޮށްގެން ހުރީ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިޒޯޓް އެންޑް ސްޕާގައެވެ. އޭނާ މިފަހަރު ރާއްޖެ އައިސްފައިވަނީ އޭނާގެ 33 ވަނަ އުފަންދުވަސް ފާހަގަކުރާށެވެ.

ރާއްޖޭގެ ރިޒޯޓްތަކަކީ ބޮލީވުޑްގެ ފަންނާނުންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލެކެވެ. މިދިޔަ ހަފްތާ ތެރޭގައި މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާވެސް ކައިވެންޏަށްފަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން