ގަތަރުގެ މަހުޖަނު ޝެއިހް ޖާސިމް ބިން ހަމަލް އަލް ޡާނީ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ މަސައްކަތްތައް ހުއްޓާލަައިފިއެވެ.

ޝެއިޚް ޖާސިމްގެ ބިޑްގެ އަގަކީ ފަސް ބިލިއަން ޕައުންޑް (6.06 ބިލިއަން ޑޮލަރު) އާ ގާތްކުރާ އަދަދެއް ނަމަވެސް އީއެސްޕީއެން އިން ބުނި ގޮތުގައި ޔުނައިޓެޑްގެ ވެރިން ކަމުގައިވާ ގްލޭޒަރސް އާއިލާ އިން ޔުނައިޓެޑްގެ އަގު ހަ ބިލިއަން ޕައުންޑަށް ވުރެ މައްޗަށް ކަނޑައެޅީއެވެ. މިހާރު އެ ކްލަބުގެ މާކެޓް ވެލިއުއަކީ ގާތްގަނޑަކަށް 2.6 ބިލިއަން ޕައުންޑެވެ. އެހެންކަމުން، އެތައް ފަހަރަކު މަތިން ޔުނައިޓެޑް ގަތުމަށް ހުށަހެޅުންތައް ހުށަހެޅި ޖާސިމަށް މި އަގު އެހާ ކަމު ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްލޭޒަރސް އިން ޔުނައިޓެޑް ވިއްކާލުމަށް ނިންމީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ޝެއިހް ޖާސިމް ވަނީ ޔުނައިޓެޑް ގަތުމަށްފަހު އެކްލަބްގެ ހުރިހާ ދަރަންޏެއްވެސް ދައްކާ ހަލާސްކުރުމަށް ހުށަހަޅާފައެވެ. އަދި 1.4 ބިލިއަން ޕައުންޑްގެ އާ ސްޓޭޑިއަމަކާއި ތަމްރީނު ސެންޓަރުގެ ވަސީލަތްތައް ރަނގަޅުކުރުމަށްވެސް ހުށަހަޅާފައި ވެއެވެ. ކްލަބުގެ ޓްރާންސްފާތަކަށްވެސް ބޮޑު އަދަދަކުން ހަރަދުކުރުމަށް ޖާސިމް ހުށަހަޅާފައި ވެއެވެ.

އެހެންނަމަވެސް، އޭނާ ޔުނައިޓެޑްގެ 100 އިންސައްތަ ހިއްސާ ގަންނަން ބޭނުންވާތީ ގްލޭޒަރސް އާއިލާއިން އޭނާގެ ހުށަހެޅުމަށް އިންކާރުކުރާ ކަމަށް ބެލެވެއެވެ.ޖަސީމާއެކު ބިޑްކުރުމުގައި ވާދަކުރީ އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފެވެ. ރެޓްކްލިފްއާއިއެކު ގްލޭޒަރސް އާއިލާއިން އެއްބަސްވުމަކަށް އައުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެޓްކްލިފްގެ ހުށަހެޅުމުގައި ވަނީ 1.5 ބިލިއަން ޕައުންޑަށް ކްލަބްގެ 25 އިންސައްތަ ހިއްސާ ހޯދުމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން