މަސް ޓޭންކެއް ހަރުކޮށްފައިވާ ހެދުމެއް ލައިގެން ޗެންނާއީގައި ބޭއްވި ފެޝަން ޝޯވއެއްގައި ހިނގާލައިފިއެވެ.

އިންޑިއާގެ މި މޮޑެލް ލައިގެން ހުރި ހެދުމުގައި ވަށްކޮށް ހުރި މަސް ޓޭންކެއް ހަރުކޮށްފައިވާއިރު، އެ ޓޭންކަށް ދިރޭ މަސްވެސް ހުއްޓެވެ. އެގޮތުން، އޭނާ ރަންވޭގައި ހިނގި ގަޑީގައި ޓޭންކްގައި 3 މަސް އުޅެމުން ދިޔައެވެ.



މިހާތަނަށް ނުފެންނަ ޒާތުގެ މި ހެދުން ފަރުމާކޮށްފައިވަނީ މާމެއިޑް ކޮސްޓިއުމްއެއްގެ ގޮތުގައެވެ.

އިންސްޓަގްރާމްގައި އެ ވީޑިއޯ ޕޯސްޓުކުރުމުން 8 މިލިއަން ވިއުސް ލިބުނަސް، ހެދުމުގައި ދިރޭ މަސް އެގޮތަށް ބޭނުންކޮށްފައިވުމުން ހެދުން ފަރުމާކުރި ޑިޒައިނަރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން