ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ނޮވެލްޓީގެ 16 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޮވެލްޓީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 16 މީހަކުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ 16 މީހުންގެ ތެރޭގައި 1 ދިވެއްސަކު ހިމެނޭއިރު، ބާކީ 15 މީހުންނަކީ ބިދޭސީ މުވައްޒަފުންނެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ފައްސިވެފައި ވަނީ ދިވެއްްސެކެވެ. އޭގެ ފަހުން ޖުލައި 15 ވަަނަ ދުވަހު ސާމްޕަލް ނަގައިގެން ޖުލައި 16 ވަނަ ދުވަހު ލިބުނު ނަތީޖާތަކުން އެ ތަނުގެ 15 މުވައްޒަފަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ.

އެޗްޕީއޭ އިން މިހާރު ވަނީ އެ މީހުން ކަރަންޓީނަށް ގެންދާނެ ކަން އަންގާފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން ހާމަކޮށްފައިވާގޮތުން ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2899 އަށް އަރައިފައެވެ.

ރާއްޖެއިން 2339 މީހުން ވަނީ ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 15 އަށް އަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން