އެމަނިކުފާނުގެ ސަރުކާރެއްގައި ނޫސްވެރިން ހޯދަން ބޭނުންވާ މައުލޫމާތެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރާނެ ސަރުކާރަކަށް ކަމަށެެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރެެއްގައި މީޑިޔާތަކުން ނުވަތަ ނޫސްވެރިން ހޯދަން ބޭނުންވާ މައުލޫމާތެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑު ސަރުކާރުގައި ވަރަށް ގާތުން ހަމަ ޕްރެސް ކޮންފަރެންސްތައް ބޭއްވުމުގައި ވެސް މައުލޫމާތު ހިއްސާ ކުރުމުގައި ވެސް އަޅުގަނޑު ބޭނުންވަނީ ނޫސްވެރިންނަށް ބޭނުންއިރަކު ބޭނުން މައުލޫމާތެއް ކޮންމެ އިދާރާއަކުން ލިބޭގޮތަށް އޮންނަން، އެއްވެސް ކަމެއް ހިފެހެއްޓިފައި ނެތި ލިބިގެންދާން އަޅުގަނޑުގެ ސަރުކާރެއްގައި ނޫސްވެރިން އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ ސަރުކާރުގައި ތިއްބަވާނީ ވަރަށް ހިތްހަމަޖެހިގެން އެބޭފުޅުން ކުރަން ބޭނުންވާ މަސައްކަތެއް ކުރުމުގައި ބޭނުންވާ ހިސާބަކަށް ދެވޭނެ." މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން