ކުރިއަށް އޮތް 5 އަހަރަށް އިންތިހާބުވެފައިވާ ޕީޕީއެމް، ޕީއެންސީން ވެރިކަމާއި ހަވާލުވުމަށްފަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެއްވެސް ވައްކަމެއް ކޮށްފައި އޮތްތޯ ބައްލަވައި ދެއްވުމަށް އެކަމަނާ އެދިވަޑައިގެންފިއެވެ.

ރޮޒައިނާ މިކަމަށް އެދިވަޑައިގަތީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި އެކަމަނާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ރޮޒައިނާއަށް ތުހުމަތުކުރާ ބައެއް ކަންކަމުގެ ތެރޭގައި ދައުލަތުގެ އެކި ޕްރޮޖެކްޓްތައް އުސޫލުން ބޭރުން ހޯދުމާއި ގޯއްޗާއި ފްލެޓް ހޯދުމާއި ގާތްތިމާގެ ބޭފުޅުންނަށް ވަޒީފާތައް ހަމަޖެއްސުން ހިމެނެއެވެ.

ސޯޝަލް މީޑިއާގައި މިއަދު "ދޮންއަމާ" ނަމަކަށްކިޔާ އެކައުންޓަކުން ރޮޒައިނާއަށް "ވަގަށް" ގޮވުމުން އެކަމަނާ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

ރޮޒައިނާ ވިދާޅުވީ ދެން އުފެދެނީ އެކަމަނާއަށް އެކި ތުހުމަތުތައް ކުރަމުންދިޔަ ބަޔަކު ހިމެނޭ ސަރުކާރެއްކަމަށެވެ. އެހެންކަމުން އެކަމަނާ ކަމެއްކޮށްފައި އޮތްތޯ ވަރަށް ރަނގަޅަށް ބެއްލެވުމަށް ރޮޒައިނާ އެދިވަޑައިގެންނެވިއެވެ.



ރޮޒައިނާ ވިދާޅުވީ އެކަމަނާއަށް ފާޅުގައި ވަގަށް ގޮވުމަށްފަހު، އެކަންކަން ބެލުމަށްފަހު އެކަމަނާގެ މައްސަލައެއް ނެތްނަމަ އެކަންވެސް ފާޅުގައި ބުނަންޖެހޭނެކަމަށެވެ. އަދި އެއީ އެކަމުގައި އެންމެ އިންސާފުވެރި ގޮޮތްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް އަބަދުވެސް އަޅުވައެވެ. ނަމަވެސް އޭގެތެރެއިން 99 އިންސައްތަ ތުހުމަތަކީ އޭގައި އެއްވެސް އަސްލެއް ނެތް، ނަމަވެސް ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން