ދެކުނު ކޮރެއާގައި އުފެއްދި އެންމެ މަގްބޫލު ޑްރާމާތަކުގެ ތެރޭގައި ހިމެނޭ ކާމިޔާބު ސީރީޒް "ސްކުއިޑް ގޭމް"ގެ މައްޗަށް ބިނާކޮށް ރިއަލިޓީ ޝޯވއެއް އުފައްދައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި "ސްކުއިޑް ގޭމް: ދަ ޗެލެންޖް" މި އަހަރުގެ ނޮވެމްބަރ މަހުގެ 22 ގައި ނެޓްފްލިކްސްއިން ސްްޓްރީމް ކުރެވޭނެއެވެ.

ސީރީޒްއެކޭ އެއްގޮތަށް މި ޝޯވގައިވެސް ތަފާތު އެކި ގޭމްތައް ބައިވެރިންނާއި ކުރިމަތިކުރުވާނެއެވެ. ބޮޑު އަދަދެއްގެ ފައިސާއަށްޓަކައި އިންސާނާގެ ސިކުނޑި އޭނާ ކިހާ ހިސާބަކަށް ގެންދާނެކަން މި ގޭމް ޝޯވގައި ކުރިމަތިކުރުވާ ޗެލެންޖްތަކުން ދައްކުވައިދޭނެއެވެ. އަދި ސީރީޒްގައި ފެނުނު ޗެލެންޖްތަކުގެ އިތުރަށް އެހެނިހެން ގޭމްތައްވެސް ފެނިގެންދާނެ ކަމަށް ޝޯވގެ ޕްރޮޑިއުސަރުން ބުނެއެވެ.

މި ޝޯވގެ ކޮންޓެސްޓެންޓުން ވާދަކުރާނީ 4.56 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމަށެވެ. މިއީ ރިއަލިޓީ ޝޯވއެއްގެ އިނާމަކަށް ހުށަހެޅޭ އެންމެ ބޮޑު އަދަދު ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން