ދުނިޔޭގެ ގިނަބަޔަކު އުމުރުން އެއް ފަހަރު ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ "ރާއްޖެ ޒިޔާރަތްކޮށްލުންކަމަށް، ތަޖުރިބާކާރު ކުންފުންޏަކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި މަޢުލޫމާތުތައް އެއްކުރާ ކުއޯނީއިން ހެދި މި ދިރާސާއަކީ ގޫގުލްއިން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސާވޭ އެކެވެ.

219 ގައުމަކުން އެއްކުރި މައުލޫމާތުތައް ދައްކާގޮތުން ލިސްޓުގެ އެއްވަނަ ލިބެނީ ރާއްޖެއަށެވެ. އެގޮތުން 219 ގައުމުގެ ތެރެއިން 122 ގައުމެއްގެ މީހުން އުމުރުން އެއް ފަހަރު ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖެއަށް ޒިޔާރަތްކޮށްލުމެވެ.

ކުއޯނީން ބުނީ މިއީ އެ ގައުމުތަކުގައި އުޅޭ މީހުންގެ ގޫގުލް ސާޗް ހިސްޓްރީން ނަގާފައިވާ މައުލޫމާތު ކަމަށެވޭ.



މިކަން ފާހަގަކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާސާއިން ރާއްޖެއަށް ލިބިފައިވާ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށެވެ.

ދުނިޔޭގެ ގިނަބަޔަކު އުމުރުން އެއް ފަހަރު ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި "ރާއްޖެ ޒިޔާރަތްކޮށްލުން" އޮތްއިރު، ވޭތުވެދިޔަ 3 އަހަރުވެސް ރާއްޖެއަކީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން