އެގްރޯނެޓްގެ ކުރީގެ އެމްޑީ ހާރޫން ރަޝީދު ގިނަ ބަޔަކާއެކު ޕީޕީއެމަށް ސޮއިކޮށްފިއެވެ.
ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީގެ ދަށުން ހިންގަމުން ގެންދާ އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫނު ރަޝީދު ވަކިކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ 30 ވަނަ ދުވަހުއެވެ.
ހާރޫން ޕީޕީއެމަށް ސޮއި ކުރެއްވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ގއ. ވިލިނގިއްޔަށް ކުރަށްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ. ހާރޫން ޕީޕީއެމާއި ގުޅިވަޑައިގަތީ އިތުރު 100 މީހުންގެ ފޯމާއެކުއެވެ.
ހާރޫނުގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ.
ހާރޫން، އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ހާރޫން މަޤާމުން ވަކިކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު