އެއްބަސްވުންތައް ހާމަކުރަންޖެހޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އުފެއްދީ ފިތުނަކަން ހާމަވެއްޖެކަމަށް އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ ދިވެހި ސަރުކާރުން އެކި ފަރާތްތަކާއެކު ގާއިމްކޮށްފައިވާ އެއްބަސްވުންތައް ހާމަކުރުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތައް ބަދަލުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެއިން ގާއިމްކޮށްފައިވާ ހުރިހާ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރާނޭކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ މިދިޔަ 3 އަހަރެއްހާ ދުވަހު ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރާއްޖެ އާއި ބޭރުގެ ގައުމުތަކާ އެކު ހެދިފައިވާ އެއްބަސްވުންތައް ހާމަކުރަނީ ގާނޫނު ތަންދޭ މިންވަރަކުންކަމަށެވެ.

ބައެއް ފަރާތްތަކުން ދަނީ ޕީޕީއެމް ޕީއެންސީން މީގެކުރިން ދައްކަމުންދިޔަ ވާހަކަތައް ބަދަލުވިކަން ފާހަގަކޮށް، އެކަންކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށްވާ، އަދި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ކުންފުނީގެ ސީއީއޯކަމަށްވާ، އާދަމް އާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެއްކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަން ހާމަވާކަމަށާއި، އެއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއްކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ އެނގިތިބެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށްކަމަށްވެސް ސިޔާސީ ކަންކަމުގައިވެސް ގިނަ ތަޖުރިބާތަކެއް ހުރި އާޒިމް ވިދާޅުވިއެވެ.

"ކީހާ ޅެން ފަރިއްސަށް. ކޮންތާކު މިޖެހުނީ؟ ރައްޔިތުންެ ވިސްނާލާ.. ހާމަކުރަންޖެހޭކަމަށް ބުނި އެއްވެސް ލިޔުމެއް ގާނޫނީ ގޮތުން ހާމަ ނުކުރެވޭނެކަން އެނގިތިބެ ފިތުނަ ފަސާދަ އުފެއްދީ." އެގްރިމަންޓްތައް ހަމަކުރުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް ބަދަލުވުމާއި ގުޅިގެން ފާޑު ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި އާޒިމް ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލް އަދި ޑރ. މުއިއްްޒުގެ ކެމްޕެއިން ތަރުޖަމާނު ތޮލާލް ވިދާޅުވީ ބޭރުގލ ފަރާތްތަކާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް ދިރާސާކުރުމަށްފަހު ހާމަކުރަމުން ދާނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި އޭގެ ތެރެއިން ރައްޔިތުންނަށް ހާމަކުރަންޖެހޭކަމަށް މައުލޫމާތު ރައްޔިތުންނަށް ހާމަކުރާނޭކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މީގެކުރިން ވަނީ ރާއްޖެއިން އިންޑިޔާއާއެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތޫ ހިމެނޭ އެއްބަސްވުންތައްކަމަށެވެ. އަދި ރާއްޖެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާނެ ފަދަ އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށްވެސް ސަރުކާރުން ޔަގީންކަމާއެކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން