ޒަމާނީ ތެލަސީމިއާ ސެންޓަރަކާއެކު ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 5 ފަރާތަކަށް އެހީތެރިކަން ދޭން ނިންމައި، އެކަމާއި ގުޅޭ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ ވީހާވެސް ލުއިގޮތެއްގައި ފޯރުވައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ ވީހާވެސް ލުއިގޮތެއްގައި ފޯރުވައިދެއްވުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން އެއަމާޒަށް ވާސިލްވުމަށް ގިނަކަންތައްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަސީމް ވިދާޅުވީ ޒަމާނީ އައު ތެލެސީމިއާ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި އެކަމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި އެބިމުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ގާއިމްކުރާ ޒަމާނީ ތެލަސީމިއާ ސެންޓަރުގައި މިއިމާރާތުގައި ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމްކޮށް އެޚިދުމަތް ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ މަރުކަޒަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް. ތެލެސީމިއާ ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކި ގައުމުތަކުން މި ޚިދުމަތް ދެމުންގެންދާ ގޮތް ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ގިނަ މަސަަައްކަތްތަކެއްވަނީ ކޮށްފައި" ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން