ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ޕީޕީއެމަށް ރައްޔިތުންގެ މަޖްލީހުގެ މައިނޯރިޓީ ލީޑަރކަން ގެއްލުނަސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ދަމަހައްޓަމުން އައި މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ގެއްލި މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން އެޕާޓީއަށް ގެއްލުނުކަން މިއަދު ވަނީ މަޖިލީހުން ރަސްމީކޮށް އާންކޮށްފައެވެ. އަދި މިއަދުން ފެށިގެން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކިީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓް ކަމަށާއި އަދި މައިނޯރިޓީ ލީޑަރަކީ އެޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްކަން ވެސް މިއަދު ވަނީ އިއުލާން ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ މައިނޯރިޓި ލީޑަރކަން ގެއްލުނަސް، މަޖްލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ޕާޓީން ދެމިތިބޭނެ ކަމަށެވެ. އަދި މައިނޯރިޓީ ލީޑަރކަން ލިބުނު ދަ ޑިމޮކްރެޓްސްއިން 'އިބޫ ނޫން ގޮތެއް' ހޯދަން ބޭނުންވެފައި ތިބި ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދަ ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"މައިނޯރިޓީ ލީޑަރކަން ގެއްލުނަސް މަޖްލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނެސް، ޒިންމާދާރު ކަމާއިއެކު އެ ޒިންމާ އަދާކުރަމުން ދާނަން. އެކަން ކުރުމުގައި ދަ ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެވެރިން ތިބީ އިބޫ ނޫން ގޮތެއް ހޯދަން ތައްޔާރަށް!" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި މިހާތަނަށް ހުންނެވީ ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން