ކައުންސިލްތަކުގެ މުވައްޒަފުންނަށް އޮކްޓޫބަރ ފުރަތަމަ ދުވަހުން ފެށިގެން 35 އިންސައްތައިގެ އެލަވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، މިނިސްޓްރީތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ލޯކަލް ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް، 1 އޮކްޓޫބަރު 2023ން ފެށިގެން 35 އިންސައްތަ އެލަވަންސްގެ ގޮތުގައި ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ ރައީސް މި ނިންމެވުން ނިންމެވީ ކައުންސިލްތަކުގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭ 2023 އިން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު، ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ހަމަޖެހިފައެއް ނުވެއެވެ.

ރައީސް ޞާލިޙްވަނީ ދަޢުލަތުގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަވައި ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަށްވާފައެވެ. އަދި ޖުމްލަކޮށް ދަޢުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުވަރީ މަހު ބޮޑުކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން