ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަނީ އެމަނިކުފާނާއި ދެކޮޅަށް މަސައްކަތްކުރި ބޭފުޅުންވެސް ގޮވައިގެން، އެއްވެސް މީހަކު ބާކީނުކޮށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން ރައީސް ސާލިހު 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވިއިރު އޭރު ފެނަކައިގައި އުޅުނު ބައެއް މީހުން ރައީސް ސާލިހު ވާހަކަފުޅުދައްކަވަން ހުންނަވާ ޕޯޑިއަމްއިން ކަރަންޓްވެސް ކަނޑާލާފައިވާކަމަށެވެ. ނަމަވެސް ރައީސް ސާލިހު ވެރިކަމުގެ ފަސް އަހަރު ފުރިހަމަކުރެއްވުމަށް އެ ދަނީ އެ މުވައްޒަފުންވެސް ގޮވައިގެންކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ރައީސް ސާލިހުއަކީ ކެތްތެރި ރައީސެއްކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ސާލިހަކީ އެއްވެސް މީހަކު ބާކީ ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިންމާލީ ރައީސް ސާލިހު ކާމިޔާބީ ހޯއްދަވައިގެންކަމަށްވެސް ސައުދު ވިދާޅުވިއެވެ.



ރައީސް ސާލިހަކީ ދިވެހި ރައްޔިތުންގެ ރައީސްކަން ފާހަގަކުރައްވަމުން ،ސައުދު ވިދާޅުީ މީގެކުރިން ރައީސް ސާލިހަށް އެކި ކަހަލަ ގޯނާތައް ކުރެއްވި ބޭފުޅުންވެސް މި ސަރުކާރުން ބާކީކޮށްފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން