ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާ ޙަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ނިޒާމީ ވޯޓުގެ މައްސަލާގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްކަމަށެވެ. އަދި އެގޮތަށް ޑިމޮކްރެޓުންނަށް އަނގަބަހުން މިހާރު ޖަވާބުދީފައިވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ލިބުނު ޑިމޮކްރެޓުން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު އިއްތިހާދުވާނީ ނިޒާމީ ވޯޓެއް ނަގަން އެއްބަސްވާނަމަ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީގެ މައްސަލައެއް ނެތް ކަމަށާއި އޭގެ ކުރިން ވޯޓު ނަގައިފިނަމަ ރިޔާސީ އިންތިޚާބަށް ނުރަނގަޅު ނުފޫޒެއް ފޯރައިފާނެ ކަމަށެވެ.
މިމަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްރެޓުން ހުށައެޅި ނަމަވެސް އެހުށައެޅުމަށް ޕީޕީއެމުންވެސް ވަނީ ދެކޮޅުހަދާފައެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބަށް އިއްތިހާދުވާނެ ޕާޓީއަކާމެދު ގޮތެއް ނިންމުމަށް ޑިމޮކްރެޓުން ބާއްވާ ކައުންސިލް ބައްދަލުވުން މިރެއަށް ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު