އިއްޔެގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ފުރައްސާރަ ކުރި މަންޒަރަކީ އެމްޑީޕީއަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެވުނު ކަމުގެ ހެކި ކަމަށް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ ވިދާޅުވީ ފަސްޓް ލޭޑީ ފަޒްނާ އެ ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ފުރައްސާރަކުރީ އެކަމަނާ ވަޑައިގަތީމަ ވޯޓު ޔަގީން ވާނެ ކަމަށް ވީމަ ކަމަށެވެ. އަދި ކެމްޕޭނު ކުރަން ދިޔަ އަންހެން ބޭފުޅަކު ފަހާ ދުވާ ހިސާބަށް ދިޔައީ ވަރަށް ބޮޑަށް ބަލިކަށިވީމަ ކަމަށް ރީކޯ ވިދާޅުވިއެވެ.

"އިންތިޚާބުގެ ދެވަނަބުރު މާބޮޑުތަނުންވެސް ރ. ސޯލިޙަށް ކާމިޔާބުވަމުންދާ ކަމުގެ ހެކި އިއްޔެ ހިޔާ ސަރަޙައްދުން އެފެނުނީ. ކެމްޕޭނެއްގަ، އަންހެނަކު ފަހާދުވާހިސާބަށް އެދަނީ ވަރަށް ބޮޑަށް ބަލިކަށިވީމަ. އަދި ފަޒްނާ ވަޑައިގަތީމަ ވޯޓުއިތުރުވާތީކަން ޔަޤީން." ރީކޯ ވިދާޅުވެފައި ވެއެވެ.

އިއްޔެ ފަސްޓް ލޭޑީ ފަޒްނާ ހިޔާ ސަރަހައްދަށް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއާ ދިމާކޮށް ފުރައްސާރަ ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯތަކުން މެޑަމް ފަޒްނާ އެ ސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސްތަކުން އަޑުއިވެއެވެ.

"ހުޅުމާލެ ފޭސް 2 އަށް މިއަދު ދޮރުން ދޮރަށް ހިގަން ދިޔައިމެވެ. އެތާ ތިބި ބޮޑު ދެފިރިހެނުން އަޅުގަނޑު ފަހަތުން ފުރައްސާރަ ކުރަމުން ހިނގިއެވެ. އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށްވެއެވެ." ހާދިސާއަށް ފަހު ފަޒުނާ އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން